ޚަބަރު

ފައިސާ ޗާޕު ކުރުމުގެ ހުއްދައިގެ މުއްދަތު އިތުރު ކުރަން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފައިސާ ޗާޕު ކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އެއް އަހަރަށް އިތުރު ކުރުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން ރޭ ނިންމައިފިއެވެ.

Ads by Sosun Fihaara

މުއްދަތު އިތުރުކުރަން ފެންނަ ކަމަށް ނިންމާފައި ވަނީ އެކަން ދިރާސާ ކުރުމަށް އިއްޔެ ހެދި ވަގުތީ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ނިންމުން މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ ކޮމިޓީން އިއްޔެ ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްއެމްއޭގެ އިސް ބޭފުޅުންގެ އިތުރުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާ ވެސް ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

ހައްދެއް ނެތި ދަރަނި ނެގުމާއި ހައްދެއް ނެތި މަރުކަޒީ ބޭންކުން އޯވަޑްރޯ ކުުރުން މަނާ ކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިންނެވެ.

ނަމަވެސް ރާއްޖެއަށް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ސަރުކާރުން، ނިމިދިޔަ 2020 ވަނަ އަހަރު ހުށަހެޅީ އެ މާއްދާތައް ސަސްޕެންޑްކޮށް، 4.4 ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ. އެ ހުއްދަ މަޖިލީހުން އޭރު ދިނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!