ސުޕާރީ ނުލިބިދާނެތީ މާޔޫސްވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް، މިހާރު ސުޕާރީ ބިއްލޫރި ފުޅީގައި

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ގިނަ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރުން މަނާކުރަން ނިންމި އިރު އޭގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ވެސް ހިމެނުނެވެ.
މި ޚަބަރު ވީ ސުޕާރީ ކެއުމަށް ދެވިހިފައިފައިވާ އެތައް ބައެއްގެ ހިތް މަރާލި ކަމަކަށެވެ. އަދި އެކަމާ ގުޅިގެން އެތައް ބަޔަކު މީސްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން ދިޔައެވެ.
ޖޫން މަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުގައި ސުޕާރީ ނުވިއްކޭތީ މިހާރު ސުޕާރީގެ އަގު ވަނީ އުފުލިފައެވެ. ސުޕާރީ ޖޫން މަހަށް ފަހު ނުލިބިދާނެ ކަމުގެ ބިރަށްޓަކައި ބައެއް މީހުން ގަނޑުކޮށް ގަނެގެން ވެސް ބަހައްޓައެވެ.
މިއޮތީ ސުޕާރީ ހުސްވެދާނެތީ ބިރުން އުޅޭ މީހުންނަށް އުފާވެެރި ހަބަރެކެވެ. އެފަދަ މީހުންގެ ހިތް އުފާކޮށްދޭނޭ ވާހަކައެކެވެ.

ފޮޓޯ: މިހާރު
ސުޕާރީ މިހާރު ހުންނަނީ ޕްލާސްޓިކް ކޮތަޅުގައި އެކަންޏެއް ނޫނެވެ. އެ ނޫން ހައްލެއް ވިޔަފާރިވެރީން މިވަނީ ހޯދާފައެވެ. އެގޮތުން ގިނަ ފިހާރަތަކުން މިހާރު ފެންނަނީ ބިއްލޫރި ފުޅީގައި ސުޕާރީ ހުއްޓާއެވެ.
އެކި ބްރޭންޑްތަކުގެ އެކި ސައިޒުތަކުގެ ފުޅި ފިހާރަތަކުގައި ވިއްކަން އެބަހުއްޓެވެ.އެގޮތުން 110 ގްރާމްގެ ސުޕާރީ ފުޅިއެއް ވިއްކަނީ 80 ރުފިޔާ އަށެވެ.
ޕްލާސްޓިކުން ދުރުވުމަށް މިއީ ވެސް ހައްލެކެވެ. އޭރުން މަގުމަތި ހަަޑިކުރަން އުކާފައި ހުންނަ ޕްލާސްޓިކް އުރަތައް މަދުވާނެއެެވެ.
ދެން ތިޔަ ހުސް ފުޅިތަކަށް ހަދާނީ ކިހިނެއް. ވަރަށްވެސް އުފޢވެރި ވަޤުތީ ހައްލެއް ތިޔަ ތިޔަ ލިބުނީ އެކަމަކު ތިޔަތަކެތީން މީހުނަށް ޙަމަލަ ދޭންފަށާފާނެތީ ވަރަށް ކަން ބޮޑުވޭ.
ޢަނެއްސާމާނު ވިއްކަން ދެން ބޭނުން ކުރާނޭ. މި ބުނީ ދިޔާ ލޮލީ . ގޮތެއް ހުހެއް ނުވާނޭ. ޙުރިހާ ފުޅި އެއްކޮށްފަ ފުލެޓް ތަކުގެ ބިންގާ އަޅާނީ އޭގެން . ޗަކޮއިމެން ބަލަން ތިބެގަ.