ޚަބަރު

ދެވަނަ ބުރަށް ރީ ރަޖިސްޓްރީވުމަށް ހުޅުވައިލީ 4 ގަޑިއިރަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓުގުނުން ކުރިއަށް ދަނީ/ ދެން އިމޭޖްސް: ޢަލީ ޝިފާޒް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވައިލައިފައި ވަނީ 4 ގަޑިއިރަށެވެ.

Ads by Hajj Corporation

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވައިލައިފައި ވަނީ މިއަދު ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަމަށެވެ.

ރީ- ރަޖިސްޓްރީވުމަށް ފޯމު ހުށައަޅަން ޖެހޭނީ މާލެގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އަށެވެ. ރަށެއްގައި ނަމަ އިންތިޚާބު އޮންނަ ރަށެއްގެ ކައުންސިލް އިދާރާއަށެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރެއް ހަ ރަށެއްގައި ބާއްވަން ޖެހެއެވެ.

އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ ހއ. ތަކަންދޫ، ބ. ކިިހާދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، ތ. ގާދިއްފުށި އަދި ލ. މާވަށުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެ ތެރެއިން ލ. މާވަށުގެ ދެ ގޮނޑިއަކަށް އަލުން ވޯޓު ލާނެއެވެ.

މި އިންތިހާބުގެ ޝެޑިއުލްތަކާއި އިތުރަށް ދޭން ޖެހޭ މައުލޫމާތު ހިއްސާކުރަމުން ދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!