ޚަބަރު

މެޑަމް ފަޒްނާ އާލާސްކަންފުޅުން ފަސޭހަ ވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ ކޮވިޑް-19ގެ އާލާސްކަންފުޅުން ފަސޭހަ ވެއްޖެއެވެ.

Ads by MWSC

ކޮވިޑުގެ އާލާސްކަންފުޅުން ފަސޭހަވިކަން ހާމަކުރައްވާ އެކަމަނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަމަނާއަށް ހެޔޮދުއާ ކުރައްވާ ހެޔޮބަސްތައް ރައްދު ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ.

މެޑަމް ފަޒްނާ ކޮވިޑަށް ފައްސިކަން ރައީސް އޮފީހުން ހާމަ ކުރެއްވީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އަދި އެކަމަނާ ފައްސިވުމާ ގުޅިގެން ރައީސް ޞާލިޙް ވެސް ކޮވިޑަށް ޓެސްޓް ކުރެއްވިއެވެ. ނަމަވެސް ރައީސް ޞާލިޙާ އެ ދެމަފިރިކަނބަލުންގެ ހުރިހާ ބޭފުޅުން ވެސް ވަނީ ކޮވިޑަށް ނައްސިވެފައެވެ.

އެހެން ނަމަވެސް އެކަމަނާގެ ކޮއްކޯފުޅާއި، ކޮއްކޯފުޅުގެ ފިރިކަލުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑަށް ފައްސިވުމާ ގުޅިގެން މެޑަމް ފަޒްނާ ހުންނެވީ އާއިލާއާ އެކަހެރިވެވަޑައިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!