މުނިފޫހިފިލުވުން

އަޖޭގެ ތަނާޖީ 200 ކުރޯޑް ރުޕީސް ހޯދައިފި

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ ކުޅަދާނަ ބަތަލް އަޖޭ ދޭވްގަން ލީޑުރޯލުން ފެނިގެންދިޔަ ފިލްމު "(ތާނަޖީ: ދި އަންސަންގް ވޮރިއާ)" އަށް އިންޑިއާ އިން ލިބުނު އާމްދަނީ 200 ކްރޯޑް ރުޕީސް އަށް އަރައިފިއެވެ.

Ads by STELCO

މި މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަކީ ތާރީހީ ،ހަނގުރާމަ އެއްގެ މައްޗަަށް ކުޅެފައިވާ ފިލްމެކެވެ. މިފިލްމަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ 200 ކްރޯޑަށް އެރީ ހުކުރު ދުވަހެވެ. އެގޮތުން ހުކުރު ދުވަހާ ހަމައަށް ފިލްމަށް ޖުމްލަ 202.83 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

ޖުމްލަ 150 ކްރޯޑް ރުޕީސް ގެ ބަޖެޓަކުން ހެދި "ތާނަޖީ" އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 265.54 ކްރޯޑް ރުޕީސް އަށް އަރައިފައެވެ.

އޯމް ރައުތު ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ރޯލްތަކުން އަޖޭގެ އަންހެނުން ކާޖޮލްގެ އިތުރުން ސައިފް އަލީ ޚާން ވެސް ފެނިގެންދެއެވެ.

"ތަނާޖީ" އަކީ އަޖޭގެ 100 ވަނަ ފިލްމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!