ޚަބަރު

ބަލީގެ އަލާމާތްތައް ފެނުމުގެ ކުރިން ކޮރޯނަ ވައިރަސް ފެތުރޭ!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި އަދި ހާއްސަކޮށް އިރު ދެކުނު އޭޝިއާގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ އަލާމާތްތައް ފެނުމުގެ ކުރިން ވެސް އެ ބަލި ފެތުރޭ ކަމަށް ޗައިނާގެ އޮފިޝަލުން ބުނެފި އެވެ.

Ads by Sosun Fihaara

މި ބަލީގެ ސަބަބުން މިހާތަނަށް 56 މީހުން މަރުވެފައިވާއިރު، ޗައިނާގެ ހެލްތު މިނިސްޓަރު މާ ޒިއާއޯވެއި ވިދާޅުވީ ވައިރަސް ފެތުރޭ މިންވަރު އިތުރުވެ، އިތުރަށް ބާރު ގަދަވަމުންދާ ކަމަށެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ޗައިނާގެ ގިނަ ސިޓީތަކެއްގައި ވަނީ ކުއަރަންޓީނު ކޮށްފައެވެ. އަދި ވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން ވަނީ މުޅިން އެއްކޮށް ބަންދުކޮށްފައެވެ.

އިއްޔެއިން ފެށިގެން ޗައިނާގައި ދިރޭތަކެތި ވިއްކުން ވަނީ އެއްކޮށް މަނާ ކޮށްފައެވެ. މި ބަލި އުފެދުނީ ޖަނަވާރުންގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނަމުން އައި ނަމަވެސް ރަސްމީކޮށް މިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

ބަލިޖެހި އަލާމާތެއް ނުފެނިދާ 14 ދުވަހުގެ ތެރޭގައި ވެސް ބަލި ފެތުރޭ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ. އެ މުއްދަތުގައި ބަލީގެ އަލާމާތެއް ނުފެންނާތީ ބަލި ޖެހިފައި ހުރި ކަމެއް ނޭނގޭ އެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ހިކިކޮށް ކެއްސުމާއި ނޭވާ ކުރުވުން ހިމެނެ އެވެ. މި ބައްޔަށް އެއްވެސް ފަރުވާއެއް އަދި ވެކްސިނެއް އަދި ހޯދިފައެއް ނުވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!