ޚަބަރު

މާދަމާ އޮންނަ އެސްއެސްސީ ދިވެހި އިމްތިހާނުގެ ޕޭޕަރު ގާޒީ ސްކޫލުން "އޮޅިގެން" ބަހައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ވަން އޮންލައިން

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެސްއެސްސީ ދިވެހި އިމްތިހާނުގެ ޕޭޕަރު، ހުޅުމާލެގައި ހުންނަ ގާޒީ ސްކޫލުން ބަހައިލައިފި ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާޒީ ސްކޫލުގައި، މާދަމާ އޮންނަ އެސްއެސްސީ ދިވެހި އިމްތިހާނުގެ ޕޭޕަރު "އޮޅިގެން" ބެހެނު ކަމުގައި ވިޔަސް އެ ޕޭޕަރު ބަދަލު ކުރުމެއް ނެތި މާދަމާ އިމްތިހާނު ހަދަން ދޭން އުޅޭ ކަމަށެވެ.

"ސެކުއިރިޓީ ސީލް ކެނޑުމަށް ފަހު އެ ކަރުދާސް ފަހުގެ ތާރީޚެއްގައި އިމްތިޙާނެއް ހަދަން ބޭނުން ކުރެވިގެން ނުވާނެ" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއާއި އެ މިނިސްޓްރީ ގެ ރަސްމީ ޓްވިޓާ އެކައުންޓު ޓެގް ކުރައްވާ ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ދިވެހި އިމްތިޙާން ލަސްކޮށްފައި ވިޔަސް، އާ ޕޭޕަރެއް ތައްޔާރުކޮށް ދަރިވަރުންނަށް ދިނުމަށެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި މި ކަން ހިނގާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

މިފަހަކަށް އައިސް ރާއްޖޭގެ އިމްތިހާނުތަކުގެ ޕޭޕަރުތައް ލީކްވެއެވެ. އެގޮތުން މި މަހު ފެށިގެން ކުރިއަށް ދިޔަ އޭ ލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރު ވެސް ވަނީ ލީކުވުމުގެ ސަބަބުން، އެ އިމްތިހާނު މި މެއި މަހު ނުބާއްވާ ގޮތަށް ކެންސަލް ވެސް ކޮށްފައެވެ.

Ads by HDC
  1. ޓީޗަރު

    މިކަމެށް ހިންގާފައިވަނީ މިދިޔަ ޢާދިއްތަ ދުވަހު އިސްލާމް އެގްޒާމް އޮތް ދުވަހު. މިނިސްޓްރީއިން މިކަން ސިއްރު ކޮށްގެން އެތިބީ.

  2. އިސްލާމް ޕޭޕަރު ނިންމާ ކޮންދުވަހެއް. މިއަދު އޮތީ އިންގްލިޝް ލިސިނިން. އެހެންވީމަ ތީ އިސްލާމް ކަމަށް އޮޅިގެން ބެހުނު ކަމަކަށް ނުބެލެވޭ.

  3. ބެލެނި ވެރިން

    Paper bondi rakkakurefi huri thanun nerunee dhelo maraigen thibebaa?
    Paper bondi imthihaan hall ga kendee kanubandhegen thibeba?
    Kudhige meyza hisaabah paper dhiyaee eyge amilla baarugaba?
    Mee vaki usoolakaai gavaidhakun rangalhah balaigen kuranjehey kameh noonba?
    Paper bondi kendumah fahu eyge beynun nukendeyba?
    Eyga validity nugellunee keevveba?
    Noosthakuga mivaahaka liyuneemaba ministry ah mi engunee?
    Mihen dhimaavejje nama kankuran onna usoolakee mikan sirru koffa nuvaa kamakah hedhunba?
    Mi suvaalu thakah javaabeh beynun

  4. އޭނަ

    ތިތާކު މިނިސްޓްރީގެ މައްސަލައެއް ނުފެނޭ. ސްކޫލުން ތިކަންކުރި ބަޔަކާމެދު ފިޔަވަޅު އަޅަންޖެހޭ