Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
މުނިފޫހިފިލުވުން

އެކްތާ ކަޕޫރުގެ ދަރިފުޅު އާންމުންނަށް ދައްކާލައިފި

މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އެކްތާ ކަޕޫރު އޭނާގެ ދަރިފުޅު ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާލައިފިއެވެ.

އެކްތާ ކަޕޫރުގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ބަތަލު ޖީތެންދުރާގެ އަސްލު ނަމުން ނަން ދީފައިވާ ،ދަރިފުޅު ރަވީ ކަޕޫރު އާއްމުންނަށް ދައްކާލާފައި ވަނީ ރަވީ އަށް އެއް އަހަރު ފުރުނު އުފަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީގައެވެ.

Advertisement
Allied — Dhen Online (box)

ބޮލީވުޑްގެ ހަބަރުތައް ފަތުރާ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެކްތާ މީގެ ކުރިން އުޅުނީ ޕަޕަރާޒީންނަށް ދަރިފުޅު ނުފެންނަ ގޮތަށް ވަރަށް ސިއްރުންނެވެ. ނަމަވެސް ރަވީއަށް އެއް އަހަރު ފުރުމުން އެކަން ފާހަގަކުރަމަށް ބޭއްވި ބޮޑު ޕާޓީއެއްގައި އޭނާ ވަނީ ޕަޕަރާޒީންނަށް ދަރިފުޅުގެ ފޮޓޯ ނެގުމުގެ ފުރުސަތު ދީފައެވެ.

ސަރޮގެސީ މެދުވެރިކޮށް ހޯދާފައިވާ މިދަރިފުޅުގެ އުފަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީގައި ބޮލީވުޑްގެ ބައެއް ތަރިންނާއި އެމީހުންގެ ދަރިންވެސް ވަނީ ބައިވެރިވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް