ލައިފްސްޓައިލް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މިކާނާތައް ބޭނުންކުރޭ!

ދެން އެމްވީ ، ދެން އޮންލައިން

އަޅުގަނޑުމެންގެ ހަށިގަނޑުގައި ހިމެނޭ ޕްރޮޓީންގެ މާއްދާއެއް ކަމަށްވާ ކޮލާޖެން އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަދި މޫނުގެ ހަންގަނޑު ޒުވާން ކަންމަތީ ބެހެއްޓުމުގައި މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ. އެހެން ކަމުން ކޮލާޖެން ހިމެނޭ މާއްދާތައް ގިނަކޮށްގެން ކެއުމުގެ ވައްޓަފާޅި ބައްޓަން ކުރުމަކީ މުހިންމު ކަމެކެވެ.

Ads by Sosun Fihaara

އާންމު ގޮތެއްގައި ކޮލާޖެން ހުންނަނީ އަޅުގަނޑުމެންގެ ކަށިތަކާއި ލޭނާރު ތަކުގައެވެ. މީގެއިތުރުން ޑައިޖެސްޓިވް ސިސްޓަމުގައި ވެސް ކޮލާޖެން ހުރެއެވެ.

އަޅުގަނޑުމެން އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގައި އެކުލެވޭ ކޮލާޖެންގެ ބައި މަދުވާން ފަށައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކަށިތައް ބަލިކަށިވެ މޫނު މަތިން ޒުވާން ކަމުގެ އަސަރު ކުޑަވާން ފަށައެވެ. މިފަދައިން ވާ ދުވަސްވަރަކީ ހަށިގަނޑަށް ގިނައިން ކޮލާޖެން ބޭނުންވާނެ ދުވަސްވަރެކެވެ.

ކޮލާޖެން އަކީ ހަމައެކަނި ހަންގަނޑު ރީތިކޮށް ޒުވާން ކަންމަތީ ބެހެއްޓުމަށް ބޭނުންވާ އެއްޗެއް ނޫނެވެ.އޭގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި މީހާ ބެހެއްޓުމުގައިވެސް ކޮލާޖެން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

ކޮލާޖެން އިތުރުކުރުމަށް ކުރެވިދާނެ އެއްކަމަކީ އެ މާއްދާ ހިމެނޭ ކްރީމްތައް ބޭނުން ކުރުމެވެ. މީގެ އިތުރުން އަޅުގަނޑުމެން ކޮންމެ ދުވަހަކު ކެއުމަށް ބޭނުންކުރާ ތަކެތީގެ ގޮތުގައި ކޮލާޖެން އެކުލެވޭ ކާނާތައް އިތުރު ކުރުމަކީ ވެސް ކޮލާޖެން އިތުރު ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.

ހަަށިގަނޑުގައި ކޮލާޖެންގެ މާއްދާ އިތުރު ކުރުމަށް ކެވިދާނެ މޭވާތަކުގެ ތެރޭގައި ބެރީސް ހިމެނެއެވެ. ބެރީސް އަކީ ވިޓަމިން ސީ އިން މުއްސަނދި ވެފައިވާ މޭވާއެކެވެ. މީގެ އިތުރުން، ބެރީސްގައި ހިމެނޭ އެންޓިއޮކްސިޑެންޓްގެ މާއްދާގެ ސަބަބުން ނުރައްކާތެރި ޖަރާސީމް ތަކުން ސަލަމާތް ކޮށް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.

ބެރީސްގެ އިތުރުން ސިޓްރަސް ފުރުޓްއަކީ ވެސް ހަށިގަނޑުގައި ހިމެނޭ ކޮލާޖެން ގެ މާއްދާ އިތުރުކުރުމަށް އެހީވެދޭ މޭވާއެކެވެ. އެ މޭވާގައި ހިމެނޭ ވިޓަމިން ސީ ގެ މާއްދާގެ ސަބަބުން ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ. ކުކުޅު ބިހަކީ ޕްރޮޓިން އިން މުއްސަނދި ވެފައިވާ ކާނާގެ ބާވަތެކެވެ. ދުވާލަކު ބިހެއް ކެއުމުން ހަށިގަނޑުގައި އެކުލެވޭ ކޮލާޖެން ގެ މާއްދާ އިތުރުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!