ޚަބަރު

ބޭރުގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު މިދަނީ ބަލަމުން: ހަޔާ އެޑިއުކޭޝަން

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން ބޭރު ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސްއާ ގުޅިގެން އެ މިނިސްޓްރީން ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއެކު މިނިސްޓްރީގެ ލޯނާއި ސްކޮލާޝިޕް ސްކީމްގެ ދަށުން ކިޔވަމުންދާ ދަރިވަރުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި ޗައިނާގެ ހޫބެއި ޕްރޮވިންސްގެ، ވޫހާން ސިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް ގުޅާ، ދަރިވަރުންގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށާއި އެގޮތުން، ސީދާ ދަރިވަރުންނާ ގުޅާ އަދި ދަރިވަރުން ކިޔަވަމުންދާ މަރުކަޒުތަކާ ގުޅާ ދަރިވަރުންގެ ހާލުވަނީ ދެނެގަނެވިފައި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އެ މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ވޫހާން ސިޓީގައި ތިބި ދަރިވަރުންގެ ހާލު ރަނގަޅުކަމަށާއި، މިވަގުތު ޗައިނާގައި ސަރުކާރުގެ ލޯނު އަދި ސްކޮލާޝިޕްތަކުގައި ކިޔަވަމުންދަނީ، ވުހާން ސިޓީގައި ތިބި 6 ދަރިވަރުންނާއި، ޗައިނާގެ އެހެނިހެން ސަރަހައްދުތަކުގައި ކިޔަވަމުންދާ 44 ދަރިވަރުންނާއެކު ޖުމްލަ 50 ދަރިވަރުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން އެދިފައިވާ ގޮތުގެމަތިން ޗައިނާގައި ކިޔަވަމުންދާ ދަރިވަރުންނާއި، ދަރިވަރުންގެ އާއިލާވެސް ޗައިނާގެ އެމްބަސީއަށް ގުޅާ ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދީފައި ވާކަމަށް މިނިސްޓްރީން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!