ޚަބަރު

ތިނަދޫން އިތުރު 17 މީހަކު ކޮވިޑް-19އަށް ފައްސިވެ، ޖުމްލަ އަދަދު 65 އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގދ.ތިނަދޫން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ޖުމްލަ އަދަދު 65 އަށް އަރައިފިއެވެ.

Ads by Sosun Fihaara

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބި 159 ސާމްޕަލެއް ވެއެވެ. މިއަދު ނަގައިފައި ވަނީ 37 ސާމްޕަލެވެ.

ތިނަދޫން މިހާރު 65 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އެކްޓިވް ކޭސްގެ ގޮތުގައި 61 މީހުން އެބަތިއްބެވެ.

އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ.

ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެއަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!