ޚަބަރު

ކޮވިޑް-19: ތިނަދޫން އިތުރު 7 މީހުން ފައްސިވެ، ޖުމްލަ އަދަދު 72އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގދ. ތިނަދޫން އިތުރު 7 މީހުން ކޮވިޑް-19 އަށް ފައްސިވެ އެ ރަށުން ޖުމްލަ ފައްސިވީ އަދަދު 72 އަށް އަރައިފިއެވެ.

Ads by STELCO

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބި 95 ސާމްޕަލެއް ވެއެވެ.

ތިނަދޫން މިހާރު 72 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އެކްޓިވް ކޭސްގެ ގޮތުގައި 68 މީހުން އެބަތިއްބެވެ.

އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ.

ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެއަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!