ޚިޔާނާތުގެ ލިސްޓުގައި ސަންފްރޮންޓްްގެ ނަން އޮތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް: ސަންފްރޮންޓް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތައް ކަމަށް ބުނެ ނެރެފައިވާ ލިސްޓުގައި ސަންފްރޮންޓް ޕވޓ ލޓޑއަށް ދެ ލައްކަ ޔޫއެސް ޑޮލަރު ދީފައިވާކަން ބަޔާން ކޮށްފައިވާ ވުމަކީ އެކަމުގެ ހަޤީޤަތް ސާފުނުވާ ގޮތަށް ހިންގައިފައިވާ ވަރަށް ޒިންމާދާރު އަމަލެއް ކަމުގައި އެ ކުންފުނިން ސިފަ ކޮށްފިއެވެ.
އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެލިސްޓުގައި ހިމެނިފައިވާ އަބްދުﷲ ރާފިއު އަތުން ދެފަހަރެއްގެ މަތިން ދެލައްކަ ޔޫއެސް ޑޮލަރު ގަތުމަށް ޓަކައި ބީއެމްއެލްގައި އެ ކުންފުނިން އޮޕަރޭޓް ކުރަމުންދާ ރުފިޔާ އެކައުންޓުން އެ ދެލައްކަ ޔޫއެސް ޑޮލަރަށް ވާ ޖުމުލަ ފައިސާ އަބްދުﷲ ރާފިއުއަށް ދީފައިވާ ކަމަށެވެ. އަދި އެކުންފުންޏަށް އޭނާ ވިއްކި ޖުމުލަ ދެ ލައްކަ ޔޫއެސް ޑޮލަރު، ބީއެމްއެލްގައި އޮންނަ އެ ކުންފުނީގެ ޔޫއެސް ޑޮލަރު އެކައުންޓަށް އޭނާ އަމިއްލައަށް ޖަމާ ކުރުމަށްފަހު އެ ފައިސާ ޖަމާ ކުރި ދެ ސްލިޕްކޮޅު އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ރޯލްކުރިކަމަށް ބުނާ އެސް.އޯ.އެފް ކުންފުންޏާ އެކު އެއްވެސް ބާވަތެއް މުޢާމަލާތެއް އެ ކުންފުނިން ހިންގައިފައި ނޯންނާނެ ކަމަށެވެ. އަދި ވައްކަމާއި ޚިޔާނާތުން ހޯދައިފައިވާ އެއްވެސް ފައިސާއެއް އެ ކުންފުންޏާއި އެ ކުންފުނީގެ ވެރިންގެ އަތުގައި ވެސް ނުހުންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެވީކީއް ؟ މާނައަކީ ތިމާމެން ކިތަންމެ ބޮޑު ނުބައިކަމެއްކުރިޔަސް އެއީ ސަދޫމުގަހެން ހެޔޮނިއަތުގަ ކުރި ކަމެކޭ އެވާހަކަ ނުދައްކަށްޗޭ؟