ޚަބަރު

ބައެއް ނަންތަކާ ދިމާލުގައި ތަހުގީގު ކުރަމުންދާ ކަމަށް އޮންނާނެ، އެންމެންނަކީ ކުށްވެރިން ކަމަށް ނުބަލާ: އަސްއަދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު އާންމު ކުރިޔަސް، އެ ލިސްޓުގައި ހިމެނޭ ބައެއް ނަންތަކާ ދިމާލުގައި މައުލޫމާތު އެއްކޮށް، ތަހުގީގު ކުރަމުން ދާ ކަމަށާއި އެހެންކަމުން އޭގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ކަމަށް އަދި ނުނިންމުމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އެދިވަޑައިގެންފިއެވެ.

Ads by STELCO

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އަސްއަދު ވިދާޅުވީ، އާންމުކޮށްފައި އެވާ ލިސްޓުން އަދިވެސް މީހުން އުނިވެ، އިތުރު ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"މީގެ ތަހުގީގުގައި މީހުންނާ ސުވާލު ކުރީމަ އެނގޭ އިތުރު ކަންތައްތަކުން ބައެއް މީހުން މި ލިސްޓުން އުނި ވެސް ވެދާނެ އަދި އިތުރު ވެސް ވެދާނެ. އަނެއްކާ އަޅުގަނޑުމެންނެއް ނޫން ނިންމާނީ ކުށް ކުރިކަން. އެކަން ނިންމާނީ ކޯޓުން." އަސްއަދު ވިދާޅުވިއެވެ.

އަސްއަދު ވިދާޅުވިގޮތުގައި އެ ލިސްޓުގައި ހިމެނޭ ނަންތައް އާންމު ކުރީ ރައްޔިތުންގެ މަޖިލިހުން ކަމަށެވެ.

Ads by Allied Insurance
  1. ނަން ނުކިޔާ

    މި އޮއް ހުރިހާާ ދުވަހު ކީޢްތަ ތިކުރީ