ވިޔަފާރި

ދިރާގާއެކު ޢީދު މޮމެންޓްސް ހިއްސާ ކޮށްލައިގެން ސެމްސަންގް ގެލެކްސީ އެސް 21+ އެއް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ދިރާގުން ވަރަށް ޚާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ތައާރަފުކޮށްފިއެވެ.

މި ކޮންޓެސްޓްގައި ބައިވެރި ވުމަށް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓުވިޓަރ ގައި #EidMomentsMv މި ހޭޝްޓެގް ބޭނުން ކޮށްގެން ޢީދުގެ މަންޒަރުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯޝެއަރ ކޮށްލެވޭނެއެވެ.

މި ކޮންޓެސްޓްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 5 ނަސީބުވެރި ފަރާތެއް ހޮވަން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނަސީބުވެރި ފަރާތަށް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް ދިނުމަށް ވަނީ ހަމަޖައްސައިފައިއެވެ. އަދި ދެން ހޮވޭ 4 ފަރާތައް މުސްހަފަކާ ތަސްބީހައަކާއި ރީތި މުސައްލައެއް ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ.

މި ކޮންޓެސްގައި ބައިވެރި ވެވޭނީ 13 މޭ 2021 އިން 16 މޭ 2021 ގެ 23:59 ގެ ނިޔަލަށެވެ.

މިއަހަރުގެ ޢީދު ވެސް ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފާހަގަކުރަން ޖެހުނު ކަމުގައި ވިޔަސް، ޢީދުގެ އުފަލާ މަޖަލުގައި އެންމެހާ ދިވެހިން ވެސް ޝާމިލު ވާނެ ކަމަށް ދިރާގުން އުންމީދު ކުރެއެވެ.

ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. އަދި މި ދަތި ދުވަސްތަކުން ވީހާ ވެސް އަވަހައި އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރުމަށާއި އެންމެހާ ދިވެހިންނަށް އުފާވެރި ފިޠުރު ޢީދު ދުވަހަކަށް ދިރާގުން އެދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!