‘’ސުވާލެއް ތަހުގީގެއް ނެތި ލިސްޓްގައި ނަން ޖެހުމަކީ ހެޔޮވެރިކަންތޯ؟’’
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނަން ހިމަނައިފައި ވަނީ މީހަކު ބުނި އެއްޗަކަށް ބަލައިގެން ކަމަށާއި ސުވާލެއް ތަހުގީގެއް ނެތި ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ވިދާޅުވެެއްޖެއެވެ.
މިއަދު ކުރި ޓްވީޓެއްގައި ލަތީފް ވިދާޅުވީ، އެމްއެމްޕީއާރސީގެ މައްސަލައަށް ތިން އަހަރުވީއިރު އެއީ ތެދެއްތޯ ބަލަން ސުވާލެއްކޮށް ތަހުގީގެއް ވެސް ހިންގާފައިނުވާ ކަމަށެވެ. އަދި ގަޔާވާ މީހުންގެ ނަން ލިސްޓުން އުނިކޮށް ލިސްޓް ހެދުމަކީ އެމްޑީޕީގެ ހެޔޮވެރިކަންތޯ އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.
"މީހަކު ބުނި އެއެއްޗެއް 3 އަހަރުވީއިރު ވެސް ތެދެއްތޯ ބަލަން ސުވާލެއް ތަޙްޤީޤް ކުރުމެއް ނެތި އަދި ގަޔާވާ މީހުންގެ ނަންތައް ލިސްޓުން އުނިކޮށް، އިދިކޮޅު މުޒާހަރާގައި އުޅޭތީ ލިސްޓްގައި ނަން ޖަހާ އާއްމު ކުރުމަކީ އެމްޑީޕީގެ ހެޔޮވެރިކަންބާ؟" ލަތީފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނަތުގައި މަންފާ ލިބުނު ކަމަށް ބުނާ 281 މީހުން ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން ވަނީ އާންމު ކުރައްވައިފައެވެ. މި ލިސްޓްގައި ޕީޕީއެމްއާއި އެމްޑީޕީ ްައަދި ޖޭޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އިތުރުން މިނިވަން މުވައްސަސާތަކުގެ މެމްބަރުންނާއި ސިފައިންނާއި ފުލުހުން ވެސް ހިމެނެއެވެ.
އެ ލިސްޓްގައި ނަން އޮތް މީހުންގެ ތެރެއިން ބައެއް މީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި ބައެއް މީހުންގެ މައްސަލަ ތަހުގީގްކޮށް ނިމިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ވެއެވެ.
މި ސަބަބުތަކަށް ޓަކައި އެސެޓް ރިކަވަރީ ކޮމިޝަނުން ވިދާޅުވެފައި ވަނީ އެ ލިސްޓްގައިވާ އެންމެންނަކީ ކުށްވެރިން ކަމުގައި ކަނޑަނޭޅުއްވުމަށާއި އަދި އެކަން ނިންމާނީ ޝަރުޢީ ކޯޓުން ކަމަށެވެ.
ޔާނު މާކުރިންވެސް ބުނި ދޯ އެ ފައިސާ ޕީޕީއެމް ކެމްޕޭނަށް ބޭނުންކުރި ވާހަކަ. ދެން ކީކޭ ތި ކިޔަނީ؟
ބަލަގަ ތިޔަހުރިހާވަގުން ބޭތުލްމާލުދަވާލި
މުލުވަގު 2ވަގު * ޔާމީނާ އަދީބުފަހަތުން ފައިސާހޯދަންދުވީ. ފުރެސް ކޮންފަރެންސް
ބާއްވައިގެން ރައްޔިތުންނަށް އިޢުލާނުކޮށް
ރައްޔިތުންގެ ބަސް ހޯދައިގެންތަ؟