ދުނިޔެ

ކޮރޯނާ ވައިސް އަޕްޑޭޓް: މާސްކްތައް ހުސްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާއިން އުފެދިގެން ބާރު މިނެއްގައި ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮނޯރާ ވައިރަސްއަަށް މިހާތަނަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައިނުވާއިރު، މި ބަލި މިދަނީ ހަލުވި މިނެއްގައި ފެތުރެމުންނެވެ. މިއާއެކު ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތައް ގިނަ ބަޔަކުދަނީ އަޅަމުންނެވެ.

Ads by Sosun Fihaara

ކޮރޯނާ ވައިރަސްއަކީ ގައިންގަޔަށް އަރާ، ކޮންޓީޖިނަސް ވައިރަސްއެކެވެ. އަދި މިބަލީގެ އަލާމާތް ، ބަލި ޖެހުމުގެ ކުރިން ނުވަތަ އޭގެ ކުރީކޮޅުގައި ނުފެންނާތީ މި ބަލީގެ ނުރައްކާތެރިކަން ބޮޑުވެއެވެ. މިބަލިން ރައްކާތެރިވުމުގެ ގޮތުން ކުރަން ޑަކްޓަރުން ލަފާދީފައިވާ އެއް ކަމަކީ މީހުން އުޅޭ ތަންތަނަށް ދާއިރު އަނގަ ބަންދުވާނެހެން މާސްކެއް އެޅުމެވެ.

މިއާއެކު ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މާސްކަށް އޮންނަ ޑިމާންޑްވަނީ އުފުލިގެން ގޮސްފައެވެ. މިގޮތުން އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ފާމަސީ ތަކުން މާސްކްތައްވަނީ ހުސްވެފައެވެ. އަދި ފެކްޓްރީތަކުން މާސްކަށް އޮންނަ ޑިމާންޑް އިތުރުވުމުން މާސްކް އުފެއްދުންވަނީ އިތުރުކޮށްފައެވެ. އަދި ބައެއް ޖަމިއްޔާތަކުން އިސްނަގައިގެން، ސާޖިކަލް މާސްކް ބެހުމުގެ ޕްރޮގްރާމްތައްވެސްވަނީ ފަށާފައެވެ.

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 82 އަށް އަރާފައެވެ. ރާއްޖެ އާއި އަވައްޓެރި ސްރީލަންކާއިން މިއަދު ވަނީ ކޮރޯނާވައިރަސް އަށް މީހަކު ޕޮޒިޓިވް ވެފައެވެ.

ކޮރޯނާވައިރަސްގެ ނުރައްކާ ވަރަށް ބޮޑަށް މުޅި ދުނިޔެއަށް އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިއަދު ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!