Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޗައިނާގެ ދަތުރުތައް ފަށާ ފުރަތަމަ މަންޒިލަކަށް ރާއްޖެވުމަކީ އުއްމީދެއް- ޓޫރިޒަމް މިނިސްޓްރީ

ޗައިނާގެ  ދަތުރުތައް ފަށާ ފުރަތަމަ މަންޒިލަކަށް ރާއްޖެވުމަކީ އުއްމީދެއް- ޓޫރިޒަމް މިނިސްޓްރީ

ކޮވިޑް 19ގެ ނުރައްކަލުގެ ސަބަބުން ބަންދުކޮށްފައިވާ ޗައިނާގެ ބޯޑަރުތައް ހުޅުވާލުމުން އެންމެ ފުރަތަމަ ދަތުރުތައް ފަށާ މަންޒިލަކަށް ރާއްޖެވުމަކީ އުއްމީދެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ ޗައިނާއިން މަސައްކަތް ކުރަނީ އައުޓް ބައުންޑް މުޅިން ހުޅުވައި ނުލައި ޑޮމެސްޓިކް ޓޫރިޒަމްއަކަށް ފޯކަސްކޮށްގެން، ބަލި ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އަދި އެގައުމާ އެކު ބައިލެޓްރަލް ވާހަކަތައް ދެކެވޭ ކަމަށާއި ޗައިނާ ހުޅުވާލެވިގެން ދާއިރު، އެންމެ ފުރަތަމަ ކަނެކްޝަން އެޅޭ ޤައުމަކަށް ރާއްޖެވާނެ ކަމަށް ބެލެވޭކަމަށް ރައްޒާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައްޒާން ވިދާޅުވީ މިނިސްޓްރީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުން ވެސް ރާއްޖެއަށް އިތުރު މާރކެޓްތައް ހޯދާ، ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަމަށެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑް 19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރި ވަނީ މުޅިން އަޑި އަޅައިލައިފައެވެ. އެހެން ނަމަވެސް ގައުމުތައް ހުޅުވާލަން ފެށުމާއެކު އެ އިންޑަސްޓްރީ މިހާރު ދަނީ ކުރިއަރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް