މުނިފޫހިފިލުވުން

"ޖަވާނީ ޖާނެމަން" މިމަހުގެ 31 ގައި ސިނަމާތަކަށް


ބޮލީވުޑްގެ ކުޅަދާނަ ބަތަލް ސައިފް އަލީ ހާން ލީޑް ރޯލުން ފެނިގެންދާ ފިލްމު " ޖަވާނީ ޖާނެމަން" މިމަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރާނެއެވެ.

މި ފިލްމު ރިލީޒް ކުރާ ދުވަސް ވަރަށް ކައިރިވެފައިވާއިރު، ސައިފް ދަނީ ފިލްމުގެ ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

މި ފިލްމުގައި ސައިފްގެ ދަރިފުގެ ރޯލް ކުޅެފައި ވަނީ ކުރީގެ ބަތަލާ ޕޫޖާގެ ދަރިފުޅު އަލައިއާ ފަރްނީޗަރުވާލާ އެވެ. މިއީ އޭނާގެ ފުރަތަމަ ފިލްމެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ތައްބޫ، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު އަދި ފަރީދާ ޖަލާލު ހިމެނެއެވެ.

ސައިފް އަލަށް އުފެއްދި ފިލްމު ކުންފުނި ބްލެކް ނައިޓްސް ފިލްމްސް އާއި ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފުރަތަމަ ފިލްމުކަމަށްވާ " ޖަވާނީ ޖާނެމަން" ގެ މަންޒަރުތައް ނަގާފައި ވަނީ އިނގިރޭސިވިލާތުގައެވެ.

ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޒުވާން އަންހެން ދަރިއަކާއި ބައްޕައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި ސައިފް އަލީ ޚާން ކުޅެފައި ވަނީ ދަރިފުޅު މީހަކާ އިންނަ އުމުރަށް އެޅިއިރު ވެސް، "މަތަނުވެގެން އުޅޭ" ބައްޕައެއްގެ ރޯލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!