ސަމާލުވޭ! ކުރިއަށްއޮތް 4 ދުވަހު ވައިގަދަވެ މޫސުން ގޯސްވާނެ

ކުރިޔަށް އޮތް 4 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.
މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާއްމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ވިދާޅުވީ ރާއްޖެއާ ދުރުން ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށެވެ. މި ކޮޅިގަނޑު ކުރިޔަށް އޮތް 24 ގަޑިއިރުގެ ތޭރޭގައި ބާރު ގަދަވެ، ތޫފާނަކަށް ބަދަލުވުން އެކަށިގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް މޫސުން ގޯސްވުމުގެ ސަބަބުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.