ޚަބަރު

އައްޑޫގެ މަގުތައް ހަދަން ސާވޭކުރަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫސިޓީގައި ހެދުމަށް ހަމަޖެހިފައިވާ 25 ކިލޯމީޓަރުގެ ބޮޑު މަގު ހެދުމުގެ މަސައްކަތުގެ ސާވޭ ފަށައިފިއެވެ.

Ads by MWSC

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އައްޑޫގެ މަގުހެދުމުގެ މަސައްކަތުގެ ސާވޭ ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށް ދާގޮތް ކައުންސިލާއި ވަނީ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މަގުހެދުމުގެ މަޝްރޫގެ ދަށުން 25 ކިލޯމީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ ޓްވީޓުގައި ވެއެވެ.

އައްޑޫގައި މަގުހެދުމުގެ ބޮޑު މަޝްރޫއެއްގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއެއް ވެސް ކުރިއަށް ގެނދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ދެ މަޝްރޫއަކީވެސް އިންޑިއާގެ ދެކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫތަކެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އެ ދެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ އިންޑިއާ ސަރުކާރުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ކަމަށެވެ. އެގޮތުން މަގު ހެދުމާއި ބިން ހިއްކުމާ ގުޅޭ މަސައްކަތްތަކަށް 7.1 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) ހަރަދުކުރާނެ އެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫއިން 90 ހެކްޓަރު، މަރަދޫ،މަރަދޫފޭދޫން 75 ހެކްޓަރު، ހުޅުމީދޫން 38 ހެކްޓަރު އަދި ރިޒޯޓް ތަރައްޤީކުރުމަށް އިތުރު 25 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!