މުނިފޫހިފިލުވުން

”ކޮސް ގިނަ މިސްޓޭކް" ރޯދައިގެ ފަހުން ސިނަމާތަކަށް

ބޮޑު ކާސްޓަކާއި އެކު މިދިޔަ އަހަރުގެ އޯގަސްޓް މަހު ޝޫޓިންތައް ފެށި ފިލްމު " ކޮސް ގިނަ މިސްޓޭކް" މިއަހަރުގެ ރޯދައިގެ ފަހުން ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

''ދެން''އަށް މައުލޫމާތު ދެމުން އެ ފިލްމުގެ ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ބުނީ "ކޮސް ގިނަ މިސްޓޭކް" ގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއް ވެފައިވީ ނަމަވެސް މާރޗް މަހުގެ ފުރަތަމަ ހަފްތާ އަނެއްކާވެސް ޝޫޓިންތައް ފަށާނެ ކަމަށެވެ.

ފިލްމު "ކޮސް ގިނަ މިސްޓޭކް" އަކީ ވީ މީޑިއާ އިން ހަދަން ފެށި ފިލްމެކެވެ. ނަމަވެސް ޕްރޮޑިއުސަރު ޝަފީގު މިހާރު ވަނީ އެ ފިލްމު ގަނެފައެވެ.

ބޮޑު ކާސްޓެއް ހިމަނައިގެން 2019 އޯގަސްޓް މަހު 28ގައި ޝޫޓްކުރަން ފެށި މި ފިލްމަކީ ޔޫސުފް ޝަފީއު(ޔޫއްޕެ) ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ހާމިދު، ޔޫއްޕެ، ސީޒަން، އައްޒަ، ނުޒޫ، ފުބޫ، އިރޫ، ސައީދު، ނިމާލް، ދޮން އައްޔަ، އާނަންދު، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް އާއި ލަހޫ ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!