ޚަބަރު

އިގްތިސާދަށްވުރެ ރައްޔިތުން މުހިންމު: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި، އިގްތިސާދަށްވުރެ މުހިންމީ ރައްޔިތުން ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ކޮރޯނާ ވައިރަސް އާ ގުޅިގެން އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރު ނުކުރާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، އެފަދަ މީހަކު ރާއްޖެއިން ފެނިއްޖެނަމަ ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވާން ޖެހޭ ތައްޔާރީތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ބެލުމުގެ ދަށުން ފުރިހަމައަށް ތައްޔާަރަށް ކަމަށެެވެ.

"ފުރަތަމަ އެންމެ އިސްކަން ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް. އޭގެ ފަހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ." އަލީ ވަހީދު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ކޮރޯނާވައިރަސް ރާއްޖެ އިން ފެނިއްޖެނަމަ ދެން ކަންތައް ކުރާނެ ގޮތުގެ ހުރިހާ ކަމެއް ރާވައި ނިމިފައިވާ ކަމަށާއި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ހާސްވެ ކަންބޮޑުވުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތައް އަމަލުތައް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކޮރޯނާވައިރަސް އަށް ޓެސްޓް ކުރުމުގެ ގާބިލްކަން ރާއްޖޭގެ ލެބޯޓްރީތަކުގައި ނެތް ނަމަވެސް އިންޑިއާ އިން އެ ޓެސްޓް ހެދެން މިހާރު އެބަހުރި ކަމަށް އަމީން ވިދާޅުވިއެވެ.

"އެންމެފުރަތަމަ ޓެސްޓް ކުރެވެން ހުރީ ދެލެބޯޓްރީއެއްގައި. މިހާރު އިންޑިއާގައި ވެސް އެބަހުރި ޓެސްޓް ކުރެވެން. 48 ގަޑިއިރު ތެރޭގައި މިހާރު ހުރިމިންވަރުން ޓެސްޓް ކުރެވޭނެ. އަޅުގަނޑުމެންގެ ރާއްޖޭގައި ނެތް ޓެސްޓް ކުރެވޭކަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ވައިރަސް އަށް ޕޮޒިޓްވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ވިސްނައިގެން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!