ޚަބަރު

މިރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތައް ބަންދު ކުރަންނިންމައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ގައިދުރުކަމާއެކު މިސްކިތުގައި ނަމާދު ކުރަނީ: ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ކޮވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ގޮތުން މިރޭ ފަތިސް ނަމާދުން ފެށިގެން ގްރޭޓާރ މާލޭ އޭރިޔާގެ މިސްކިތްތައް ވަގުތީ ގޮތުން ބަންދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިގޮތަށް ނިންމައިފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ މިފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިނިންމުން ނިންމާފައި ވަނީ މި މަހު 19 ވަނަ ދުވަހު މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް ހެދި ނަމަވެސް ބައެއް ފަރާތްތަކުން އެ އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި ޖަމާޢަތް ހަދަމުންދާތީ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!