ޚަބަރު

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް އެހީވަނީ

ދެން އެމްވީ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

Ads by STELCO

ބީއެމްއެލުން ބުނީ މިއީ މި އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި، އެ ފަންޑުގެ އެހީތެރިކަމަށް އެދި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވި ފަސް ރަށް ކަމަށެވެ.

ހަތަރުވަނަ ކުއާޓަރުގައި ބީއެމްއެލްގެ ފަންޑުން އެހީވާ ޕްރޮޖެކްޓުތައް

- ހދ. ކުމުންދޫގައި ސޯލާ ލައިޓް ހަރުކުރުން.

- ތ. ގުރައިދޫގައި ޕްލާސްޓިކް ރިސައިކްލިން ޕޮއިންޓެއް ގާއިމްކުރުން.

- ހދ. ކުރިނބީގައި އައުޓްޑޯ ފިޓްނަސް ޕާކެއް ހެދުން.

- ހއ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުން.

- ތ. ވިލުފުށީގައި އައުޓްޑޯ ޖިމެއް ހެދުން.

އެކި ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމަށް ބީއެމްއެލުން ހުޅުވައިލި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުން" މި އަހަރުގެ މިހާތަނަށް ވަނީ 20 ޕްރޮޖެކްޓެއް ހިންގައިފަ އެވެ. އެ ހުރިހާ ޕްރޮޖެކްޓެއްގައި ވެސް ވެސް ހިމެނެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ހިންގަން ބޭނުންވާ ކަންކަމެވެ.

ބީއެމްއެލުން ބުނިގޮތުގައި، އެ ބޭންކުގެ އެންމެ ބޮޑު އަމާޒަކީ ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުމެވެ. އެގޮތުން، ކޮމިއުނިޓީ ފަންޑާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމައުގެ ކުރިއެރުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ފައިދާ ފެންނަ ކަމަށް ބީއެމްއެލުން ބުނެ އެވެ.

"އަހަރެންގެ ބޭންކް، ކޮމިއުނިޓީ ފަންޑު" އިފްތިތާހު ކޮށްފައި ވަނީ ދިވެހިންނާއި ދިވެހި މުޖުތަމައާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެ އަށް އަމާޒު ކޮށްގެން ބީއެމްއެލުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!