ދުނިޔެ

މި ޤައުމުތަކުގެ ޕާސްޕޯޓްތަކުގައި ވަނީ މިހެންނެވެ. އިސްރާއީލް ނޫން ހުރިހާ ޤައުމެއްގައި ބޭނުން ކުރެވޭނެއެވެ.

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހައްދު ފަހަނަ އަޅައިފައިވާ އިސްރާއީލާ ދެކޮޅަށް އެތަކެއް ޤައުމުތަކުން އެތަކެއް ފަހަރު އެކި ސިފަސިފައިގައި ނިކުމެފައިވެއެވެ. ނަމަވެސް ޔޫއެންގެ އުސޫލުތަކާ ޚިލާފަށް އެމެރިކާގެ އެހީގައި އިސްރާއީލް ނިއުކްލިއަރ ބާރަކަށްވި ހިސާބުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަން ޤައުމުތަކުން ޖެހިލުންވިއެވެ. އިސްރާޢީލާ ދެކޮޅަށް އަރަބި ޤައުމުތަކުން ކުރި 6 ދުވަހުގެ ހަނގުރާމައަށް ފަހު، އަރަބި ޤައުމުތަކުން ވެސް ކޮންމެވެސް ސިފައެއްގައި އިސްރާއީލާ އެކު ގުޅުންތައް ދިޔައީ ބާއްވަމުންނެވެ.

Ads by WAMCO

އިސްރާއީލުގެ ޕާސްޕޯޓަކީ ދުނިޔޭގައި ވަރުގަދަ ޕާސްޕޯޓްތަކުގެ ތެރޭގައި ގުނައިލެވޭ ޕާސްޕޯޓެކެވެ. އިސްރާއީލް ޕާސްޕޯޓް އޮންނަ މީހުންނަށް 160 ޤައުމަކަށް ވިސާއާ ނުލައި (އޮން އެރައިވަލް ސިވާ) ގައި ދެވެއެވެ. މި ޕާސްޕޯޓަކީ ދުނިޔޭގެ 22ވަނައަށް އެންމެ ވަރުގަދަ ޕާސްޕޯޓެވެ. އެހެން ނަމަވެސް އިސްރާއީލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް އެތެރެ ނުވެވޭ 12 ޤައުމެއް އޮވެއެވެ.

އިސްރާއީލުގެ މީހުންނަށް އެތެރެ ނުވެވޭ ޤައުމުތައް ތިރީގައި އެވަނީއެވެ.

  • އަލް ޖީރިއާ
  • ބުރުނީ
  • އިރާން
  • އިރާޤް
  • ކުވައިތް
  • ލުބްނާން
  • ލީބިއާ
  • މެލޭޝިއާ
  • ޕާކިސްތާން
  • ސަޢުދީ އަރަބިއްޔާ
  • ސީރިއާ
  • ޔަމަން

މީގެ އިތުރުން ބުރުނީ، އިރާން، އިރާޤް، ޕާކިސްތާން އަދި މެލޭޝިޔާގެ ޕާސްޕޯޓްގައި، "މި ޕާސްޕޯޓް އިސްރާއީލް ނޫން އެހެން ހުރިހާ ޤައުމެއްގައި ބޭނުން ކުރެވޭނެ" މިހެން ޖަހައިފައިވެއެވެ. މީގެ މާނައަކީ މިޤައުމުތަކުގެ ރައްޔިތުންނަށް އިސްރާއީލަކަށް ނުވަދެވޭނެއެވެ. ބަނޤްލޭޝްގެ ޕާސްޕޯޓްގައި މީގެ ކުރިން މިހެން ޖަހާފައި އޮތް ނަމަވެސް މިހާރު "އިސްރާއީން ނޫން" މި ލިޔުންކޮޅު ވަނީ ޕާސްޕޯޓުން އުނިކޮށްފައެވެ.

14 މެއި 1948ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލް އުފަން ކުރުމުގެ ކުރިން އެ ޤައުމުގެ ރައްޔިތުން ބޭނުން ކުރަމުން ދިޔައީ އިނގިރޭސިވިލާތުން ދޫކުރި ބްރިޓިޝް މެންޑޭޓް ފޯރ ޕަލަސްޓައިންގެ ޕާސްޕޯޓެވެ. މިހާތަނަށް ޔޫއެންގެ 192 ޤައުމުގެ ތެރެއިން 164 ޤައުމުން ވަނީ އިސްރާއީލް ބަލައިގަނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!