ޚަބަރު

ކޯޓުތައް މިނިވަން ވެއްޖެ: ސަރުކާރު

ސަރުއީ ދާއިރާ އިސްލާހުކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި ކާމިޔާބީތަކެއް ހާސިލް ކުރެވިއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯޓްތައް އޮތީ ސިޔާސީ ވެފައި ކަމަށާއި ކޯޓުތަކުން ކޮށްފައި ވަނީ ވެސް ސިޔާސީ މަސައްކަތްތަކެއް ކަމަށެވެ. އެކަމަކު މި ސަރުކާރާ އެކު ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް މިނިވަންކަން މަތީ މަސައްކަތް ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޫދު ވިދާޅުވި ގޮތުގައި މިއީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ވެސް ގާއިމްވި އަހަރެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރާއްޖެއަކީ މިހާރު "މުއައްސަސާތައް މިނިވަންކަންމަތީ ހިނގުމުގެ ފުރުސަތު" އޮތް އަދި ޑިމޮކްރެޓިކް ވެރިކަމެއް ކުރާ ގައުމެކެވެ.

"ބަދަލު ދޭ ކޮމެޓީން އެ ކޮންސާން ޕާޓީއަކާ މަޝްވަރާކޮށް އެ އަދަދު ވަރަށް ބޮޑުތަނުން މި ތިރިކުރަނީ އިނގޭތޯ. އޭގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް މިކަން ކޮށް ނިންމުން،" ހޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު ޝަރުއީ ދާއިރާގެ މިނިވަންކަމާ އެންމެ ބޮޑަށް ގުޅިފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ވެސް އޮތީ ސިޔާސީ ނުފޫޒު ފޯރާ ގޮތަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!