ޚަބަރު

ފުށް އުފައްދާނެ ފެކްޓަރީއެއް ހެދުމުގެ ވިސްނުން އެބަހުރި: އަމްރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެއިން ބޭރުން ގޮދަން ގެނެސް، ރާއްޖޭގައި ގޮދަން ފުށް އުފައްދާނެ ފެކްޓަރީއެއް ހެދުމުގެ ވިސްނުން އެސްޓީއޯއިން ގެންގުޅޭކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ ކޯވިޑާއެކު ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމުގެ މުހިއްމުކަން ހާމަވެފައިވާކަމަށާއި ރާއްޖެއިން ބޭރުން ގޮދަން ގެނެސް، ރާއްޖޭގައި ގޮދަން ފުށް އުފެއްދުމުން ކާބޯތަކެތީގެ ޔަޤީންކަން ވެސް ބޮޑުވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރަށް ވެސް އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވި، މާލެ ސަރަޙައްދުގައި ސެންޓްރަލް ވެއަރ ހައުސްއެއް ޤާއިމްކުރުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުދަނުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ކޮވިޑް ތެރޭގައި ވެސް ރާއްޖެއަށް ކާބޯތަކެއްޗާއި ބޭހުގެ ޔަޤީންކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް އެސްޓީއޯއިން ވަނީ ކޮށްދެއްވައިފައެވެ. ކޮވިޑްގެ މިހާލަތު ނޫނަސް އެސްޓީއޯއަކީ ރާއްޖެއަށް އެތެރެ ކުރާ ބޭހާއި ކާޑުގެ ބާވަތްތައް އެންމެ ގިނައިން އެތެރެ ކުރާ ކުންފުންޏެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް 8.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 127 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

Ads by Allied Insurance
  1. ރައްޔިތުން

    މަހުން ސޮސެޖް ވެސް ހަދަންވީ

  2. ރައްޔިތުން

    ގޮދަންވެސް ހައްދަންވި