ޚަބަރު

އެޗްޕީއޭއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 10 ޖަހާއިރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްޕީއޭ)އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 10 ޖަހާއިރަށް ތާވަލް ކޮށްފިއެވެ.

Ads by STELCO

އެޗްޕީއޭ އިން ވިދާޅުވީ، މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މިނިސްޓަރ ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލު ކުރުމަށް ހަމަޖެހިފައި މިވަނީ ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު ރޭ ނިޔާވުމާ ގުޅިގެން އޭނާއަށާއި ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެތައް ބައެއްގެ ފަރާތުން ވަނީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މިޝްކާ ނިޔާވީ އައިޖީއެމްއެޗްގައެވެ. އޭނާއަށް ފަރުވާ ދިނުމުގައި ލަސް ކުރިކަމަށާއި ވަރަށް ބޮޑަށް އިހުމާލުވި ކަމަށް އެ އާއިލާއިން ވެސް ވަނީ މައުލޫމާތު ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!