ޚަބަރު

ހައްމާދުގެ މައްޗަށް ދައުވާ އުފުލައިފި

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅުނު، ދީނީ ހަރުކަށި ވިސްނުމުގެ މީހެއް ކަމަށްވާ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

ޕަބްލިކް ޕްރޮސިކިއުޓަރ އަހްމަދު ޝަފީއު ވިދާޅުވީ ހައްމާދުގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ދައުވާ ކަމަށެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދުއެވެ. ހައްމާދަކީ ވަޅިން ހަމަލާދީ ކަނޑައަށް އެއްލާލާފައި ވަނިކޮށް ފަތާފައި ރަށަކަށް އަރައި ސަލާމަތްވެފައިވާ މީހެކެވެ. އޭނާއަށް މީހަކު ވަޅިން ހަމަލާދިނީ ދީނީގޮތުން ހަރުކަށި ވިސްނުމުގެ ކަމަކާ ގުޅޭގޮތުން އުފެދުނު ދެބަސްވުމެއްގައެވެ. ހައްމާދަށް ވަޅިން ހަމަލާދިން އިސްމާއީލް އާސިފްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!