ޚަބަރު

މޯނިންގ ވިއު އަލިފާނުގެ ހާދިސާ: ގެއްލުންވި އާއިލާތަކަށް އެހީވުމަށް ފަންޑުފޮއްޓެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މއ.މޯނިންގވިއުގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް އެހީވުމަށް ފަންޑުފޮއްޓެއް ބަހައްޓައިފިއެވެ.

Ads by MWSC

ނިމިދިޔަ މަހު އުފެދުނު މާލެ ޔޫތު ކޮމިއުނިޓީ ޖަމިއްޔާގެ ފަރާތުން އިސް ނަގައިގެން މި ހަރަކާތް މިއަދު ހަވީރުއެވެ. ފަންޑުފޮށި ބަހައްޓައިފައި ވަނީ މޯނިންވިއުގެ އިމާރާތް ހުންނަ ސަރަހަައްދުގައެވެ.

އެ ސަރަހައްދުގައި ހުރެ “ދެން”އާ ވާހަކަ ދައްކަމުން ޖަމިއްޔާގެ ރައީސް ބުނީ އެ ޖަމިއްޔާއަކީ މާލެ ސަރަހައްދުގައި ހިނގާ މިފަދަ ހާދިސާތަކުގައި ގެއްލުންވާ ފަރާތްތަކަށް އެހީތެރިވުމަށް އުފެއްދި ޖަމިއްޔާއެއް ކަމަށެވެ.

“މި ވަގުތަށް އިހަށް މިއޮތީ މިހަރަކާތް، މީގެ އިތުރުން އަޅުގަނޑުމެންގެ ޖަމިއްޔާގެ މެންބަރުން ވާހަކަ ދައްކައިގެން އިތުރު ހަރަކާތްތަކެއް ރޭވުމަށް ނިންމައިފައި ވަނީ” ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ހިސާބުތަކުގައި ފަންޑުފޮށި ބެހެއްޓޭނެކަން އޭނާ ފާހަގަ ކުރިއެވެ.

މީގެ އިތުރުން ފައިސާގެ އެހީ ފޯރު ނުކޮށްދެވޭ ފަރާތްތަކަށް، އަންނައުނު ފޯރު ކޮށްދިނުމުގެ ފުރުސަތު ވެސް އެ ޖަމިއްޔާއިން ވަނީ ހުޅުވައިލައިފައެވެ.

“ފުދޭ ވަރަކަށް ރަނގަޅު ތަރުހީބެއް ލިބޭ” ރައްޔިތުންގެ ތަރުހީބު މި ހަރަކާތްތަކަށް ލިބޭ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ސަރުކާރުން މިހާރު ވަނީ އެ މީހުންނަށް ގެސްޓްހައުސްތަކުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

އެ އާއިލާގެ މެމްބަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، އަލިފާނުގެ މި ހާދިސާގެ ސަބަބުން އެ މީހުންގެ ދިރިއުޅުން އަލުން ފަށަން ޖެހޭ ވަރަށް ވަނީ ގެއްލުން ވެފައެވެ.

އެގޮތުން އެ މީހުން ދިރިއުޅެމުން އައި ގެ އިމާރާތް ކުރަން ވެސް ތިން މިލިއަން ރުފިޔާ ހޭދަވިއިރު ގޭގައި ގެންގުޅޭ ފްރިޖާއި މެޝިން އަދި ލެޕްޓޮޕާއި ފޯނު ފަދަ ސާމަނު ވެސް ހަލާކުވެފައިވާ ކަމަށާއި އެހެންކަމުން ލިބުނު ގެއްލުމުގެ އަދަދު ތިން މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!