އުފާވެރި ޚަބަރެއް: ދަގަނޑޭ މާދަމާ ގައުމީ ޓީމާ ގުޅޭނެ!

ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ މުހިންމު އެއްކުޅުންތެރިޔާ އަލީ އަޝްފާގު ދަގަނޑޭ ކޮވިޑް-19އަށް ނައްސިވެއްޖެއެވެ.
ދަގަނޑޭ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ މިއަދު ކޮވިޑަށް ނައްސިވެފައިވާ ކަމަށާއި މާދަމާ ޓީމާ ގުޅޭނެ ކަމަށެވެ.
ދަގަނޑޭ ކޮވިޑަށް ނައްސިވި ނަމަވެސް އޭނާއަށް މިރޭ ރާއްޖެއާއި ސީރިއާ ބައްދަލު ކުރާ މެޗުގައި ނުކުޅެވޭނެއެވެ. ނަމަވެސް އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ޖޮއިންޓް ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗުގައި އޭނާއަށް ކުޅެވޭނެ ކަމަށް ބެލެވެއެވެ.
ރާއްޖެއާއި ސީރިޔާ ބައްދަލު ކުރާ މެޗު އޮންނާނީ މިރޭ ރާއްޖެގަޑިން 09:00ގައެވެ. މިމެޗު ޕީއެސްއެމްއިން ލައިވް ކުރާނެއެވެ.