ޚަބަރު

ޕްރޮފެޝަނަލް ފަންތީގެ ވަޒީފާތަކަށް ބިދޭސީން ގެންނަ ހުއްދަ މަތިކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޕްރޮފެޝަނަލް ފަންތީގެ ވަޒީފާތައް އަދާކުރުމަށް ރާއްޖެ ގެންނަ ބިދޭސީންނަށް ދޫކުރާ ހުއްދަ މަތިކޮށް، ބަދަލުތަކެއް ގެނެސްފި އެވެ.

Ads by MWSC

އިކޮނޮމިކް މިނިސްޓްރީން ބުނީ، އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން، ރާއްޖެ ގެންނަ ބިދޭސީ މަސައްކަތު މީހުންގެ ތެރެއިން ޕްރޮފެޝަނަލް ފަންތީގެ ވަޒީފާތަކަށް ގެންނަ މީހުންނަށް، މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރާނީ އެ މީހުންގެ ސެޓްފިކެޓްތަކާއި ސަނަދުތައް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބަލައި "ވެލިޑޭޓް" ކުރުމަށް ފަހު ކަމަށެވެ. އަދި މި ސަނަދުތައް އޮންލައިންކޮށް ހުށަހަޅާއިރު، "އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖެހުމުގެ ގަވައިދު"އާ އެއްގޮތަށް ހުށަހެޅުމަށް އިއުލާންކޮށްފައިވެ އެވެ.

ބިދޭސީން ވަޒީފާ އަދާކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތް އޮންލައިންކޮށް މިހާރު ދެ އެވެ. އެހެންވެ، ބައެއް އުސޫލުތަކަށް މިނިސްޓްރީން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ޕާސްޕޯޓު ބަޔޯޑާޓާ ޕޭޖާއި ބޭންކް ޑިޕޮސިޓް ސްލިޕާއި ބޭންކް ސްޓޭޓްމަންޓުގެ އިތުރުން ބޭންކުން ދީފައިވާ އެކައުންޓުގެ ސައްހަކަން އަންގައިދޭ ސިޓީ މިހާރު ހުށަހަޅަން ޖެހެ އެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި އިތުރު ހާލަތްތަކުގައި ބޭނުންވާނެ ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހޭ ކަމަށް މިނިސްޓްރީން އިއުލާންކޮށްފައިވެ އެވެ.

ޕްރޮފެޝަނަލް ފަންތީގެ ގޮތުގައި އާއްމުކޮށް ބިދޭސީން ގެންނަނީ ޓީޗަރުންނާއި ޑޮކްޓަރުން، ނަރުހުން އަދި އެކައުންޓެންޓުން ފަދަ ވަޒީފާ ތަކަށެވެ. އެކަމަކު ބައެއް ފަހަރު މިގޮތަށް ގެންނަ މީހުން، ސައްހަ ނޫން ސަނަދުތައް ހުށަހަޅައިގެން ރާއްޖެ އަންނަ ކަމުގެ މައްސަލަ ފެންމަތިވެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!