ދުނިޔެ

ކޮރޯނާ ވައިރަސްއާ ގުޅިގެން 170 މަރު، ދުނިޔެ އެލާޓުގައި ތިބެން ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާ އިން މަރުވި މީހުންގެ އަދަދު 170 އަށް އަރައިފިއެވެ.

Ads by Sosun Fihaara

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު މަރުވި 170 މީހުންގެ ތެރެއިން 162 މީހުން މަރުވެފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ވޫހާން ސިޓީގެ ހުބެއި ޕްރޮވިންސުންނެެވެ.

އަދި މިހާތަނަށް 7،711 މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އެ ވައިރަސް ޖެހިފައިވާ މީހުން ވަނީ ތަފާތު 16 ގައުމަކުން ފެނިފަ އެވެ.

ރު ސްޕީޑުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް އާދެކޮޅަށް މުޅި ދުނިޔެ އެލާޓުގައި ތިބެންޖެހޭކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ގޮވާލާފައެވެ.

އަދި ވައިރަސް ފެތުރުން ހުއްޓުވުމަށް ޗައިނާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ޑަބްލިޔުއެޗްއޯގެ ހެލްތު އެމަޖަންސީސް ޕްރޮގްރާމްގެ ވެރިޔާ ޑރ. މައިކް ރަޔަން ވަނީ ތައުރީފު ކުރައްވައިފަ އެވެ.

ބައިނަލްއަގުވާމީ ހެލްތު އެމަޖަންސީއެއްގެ ގޮތުގައި ކަނޑައެޅުމާމެދު ޑަބްލިޔުއެޗްއޯއިން އަނެއްކާވެސް މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!