ޔޫރޯ ބަލަން ޔޫތު މިނިސްޓްރީން ޕްރޮޖެކްޓަރު ދޫކުރަނީ
ޖޫން މަހުގެ 11ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ޔޫރޯ 2020"އާ ދިމާކޮށް ޕްރޮޖެކްޓަރު ދޫކުރުމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީން އިޢުލާން ކޮށްފިއެވެ.
ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޔޫރަޕުގެ އެންމެ ބޮޑު މުބާރާތާ ދިމާކޮށް ޗައިނާ އެއިޑްގެ ދަށުން ލިބިފައިވާ ޕްރޮޖެކްޓަރތަކެއް މިނިސްޓްރީގެ ފަރާތުން ދޫކުރަން ނިންމައިފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓަރުތައް ދޫކުރުމަށް ނިންމައިފައި ވަނީ ކުލަބު ޖަމްއިއްޔާ ޖަމާއަތްތަކަށެވެ. އެހެންކަމުން ޖޫން މަހުގެ 10ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިން ލިޔުމަކުން [email protected]އަށް މެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ޔޫރޯ 2020 މިއަހަރަށް ފަސް ކުރެވުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. މުބާރާތް ފެށޭނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.