ދުނިޔެ

ބުރުގާ އަޅާ ކުދިންނަށް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ދޭން، ފިންލޭންޑުގައި ސްޕޯޓްސް ބުރުގާ ހިލޭ ބަހަނީ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފިންލޭންޑުގެ ކުދި އަވަށްތަކުން ފުޓުބޯޅަ ކުޅޭ ކުދިން ހޯދުމުގެ ބޭނުމުގައި އެގައުމުގައި ހިލޭ ސްޕޯރޓްސް ބުރުގާ ދޭން ނިންމައިފިއެވެ.

Ads by WAMCO
ފިންލޭންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފުޓުބޯޅަ ކުޅެން ބޭނުންވާ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖަކު ބޭނުންވާ ޑިޒައިނެއްގެ ސްޕޯރޓްސް ބުރުގާ ދޭނޭ ކަމެއް ބުނެފައެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ ކުދިންގެ ހިތްތަކުގައި ފުޓުބޯޅައަށް އޮތް ޝައުޤުވެރިކަން އިތުރުކޮށް އެ ކުދިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދީ ފުޓުބޯޅަ ކުޅޭނޭ ގިނަ ކުދިންތަކެއް މުޖުތަމައަށް ނެރުމެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ވެސް ފިންލޭންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ޑަޒަން ޑަޒަނުން ބުރުގާ ބަހައިފައެވެ. އޭގެ ތެރޭގައި ތަފާތު މެޓީރިއަލްތަކުގެ ބުރުގާ ހިމެނޭކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެ ފަރާތުން ހާމަކުރާ ގޮތުގައި ފުޓްބޯޅަ ކްލަބްތަކަށް އަންހެން ކުދިން ހަމަ ކުރުމަކީ އެ ޤައުމުގައި ނުހަނު އުނދަގޫ ކަމެކެވެ. އެހެންކަމުން ބުރުގާ ހިލޭ ދޭން ނިންމީ ދީންތަކުގެ މެދުގައި އޮންނަ ތަފާތު ކުޑަ ކުރަން ކަމަށް ވެސް ފިންލޭންޑްގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެފައި ވެއެވެ. މީގެ ސަބަބުން ކޮންމެ ދީނެއްގެ ކުއްޖަކަށް ވިޔަސް ހަމަހަމަކަން އޮންނާނެ ކަމަށް އެމީހުން ޤަބޫލު ކުރެއެވެ.
ބައެއް ޤައުމުތަކުގައި ބުރުގާ އަޅާ ކުދިންނަށް ހަމަހަމަ ފުރުސަތުތައް ނުލިބޭތީ އެކަން ފާހަގަ ކުރަމުން ފިންލޭންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައި ވަނީ އެއީ އެމީހުން ޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ކުއްޖަކަށް ވެސް އެ ހަމަހަމަކަން އޮންނާނޭ ކަމަށާއި ކުއްޖަކު އަމިއްލައަށް ބުރުގާ އަޅަންވީތޯ ނުވަތަ ނޫންތޯ އިޚްތިޔާރު ކުރުމަކީ އެކުއްޖެއްގެ އަމިއްލަ ކަމެއް ކަމުގައި ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ފިންލޭންޑުންގެ ކުޅުންތެރިން ބުނާ ގޮތުގައި އެސޯސިއޭޝަނުން ހަދިޔާ ކުރަމުންދާ ބުރުގާތަކަކީ ވަރަށް ފަސޭހަ ބުރުގާތަކެކެވެ. ބުރުގާ އަޅައިގެން ހުންނަ އިރު އިސްތަށިގަނޑުން ކައްސައިލުން ފަދަ ކަމެއް ނުވާ ކަމަށާއި އެ ބުރުގާ އަޅައިގެން ދުވަން ވެސް ނުހަނު ފަސޭހަކަމަށް އެކުދިން ފާހަގަ ކުރެއެވެ.
ފިންލޭންޑަކީ ނިސްބަތުން އަންހެން ކުޅުންތެރިން މަދު ޤައުމެކެވެ. ނަމަވެސް މިފަހަރު ތައާރަފް ކުރި އައު އުސޫލުގެ ސަބަބުން ކުޅުންތެރިން ގިނަ ވުމަކީ އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ އުއްމީދެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!