ކުޅިވަރު

އިންޓަނޭޝަނަލް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވަނީ

އާމިނަތު ސަަޒްރާ

އިންޓަނޭޝަނަލް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވަން އިންޓަރނޭޝަނަލް ބާސްކެޓްްބޯލް ފެޑެރޭޝަން (ފީބާ) އިން، އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އިންޓަނޭޝަނަލް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ވައިކޭބީކޭ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑާއެވެ.

ފީބާއިން އެކުންފުންޏާ ހަވާލުކުރީ ރާއްޖެ ހިމެނޭ ގޮތަށް އިންޑިއާ ސަބްކޮންޓިނެންޓްގައި ތްރީ އޮން ތްރީ އިންޓަނޭޝަނަލް މުބާރާތް ބޭއްވުމަށެވެ. އެއީ ރާއްޖެ އާއި އިންޑިއާގެ އިތުރުން، ސްރީލަންކާ، ބަނގުލަދޭޝް އަދި ނޭޕާލެވެ.

ސެޕްޓެމްބަރު 2019ގައި ރާއްޖޭގައި ވަނީ، އިންޓަނޭޝަނަލް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތެއް ބާއްވައިފައެވެ. އެ މުބާރާތުގައި ޖަޕާނާއި ޗައިނީޒް ޓައިޕޭއަށް ނިސްބަތްވާ ޓީމު ތަކުންވެސް ބައިވެރިވިއެވެ.

ތްރީ އޮން ތްރީ ބާސްކެޓްގެ ހަރާކާތްތަތައް ފުޅާކުރުމަށް ޓަކައި ފީބާއިން ވަނީ އެކި ސަރަހައްދުތަކުގައި ގިނަ އަދަދަކަށް އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވުމަށް އަމާޒު ހިފައިފައެވެ. މިސަރަހައްދުގައި ބާއްވާ މުބާރާތްތައް އައުޓްސޯސް ކުރަން ފީބާއިން ނިންމައި، އެ ފުރުސަތު ވައިކޭބީކޭ އެންޓަޕްރައިސްއަށް ދިނީ މިހާރު ވެސް އިންޑިއާގައި ގިނަ އަދަދެއްގެ މުބާރާތް ބާއްވާފައިވުމުންނެވެ.

  1. ޑޮޓްކޮމް

    މިރާއްޖޭގަ ބާއްވާ މުބާރާތެއް ބާއްވަން އިންޑިއާ ކުންފުންޏަކާ ޙަވާލުކުރީ އެމް.ބީ.އޭ ގެ ބަހެއް އޮވެގެންބާ؟