ޚަބަރު

ބަލިތައް ފެތުރެމުންދާތީ ނަމާދުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސްއާއި ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު ޢާންމުވެފައިވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިރޭގެ މަޣުރިބް ނަމާދުން ފެށިގެން ގުނޫތު ކިޔަން ޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ހުރިހާ މިސްކިތެއްގައި މިރޭގެ މަޣުރިބް ނަމާދުން ފެށިގެން ކޮންމެ އަޑުހަރުކޮށް ކިޔަވާ ނަމާދެއްގެ ފަހު ރަކްއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގާ ކަމަށެވެ.

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހި މި މަހުގެ ކުރީކޮޅު އަނެއްކާވެސް ރާއްޖެ އިން ވަނީ ފެންނަން ފަށާފައެވެ. އެގޮތުން މި ބައްޔަށް މިހާތަނަށް 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގައި މިހާތަނަށް 170 މީހަކު މަރުވެފައިވާއިރު، މި ބަލި ޖެހިފައިވާ މީހަކު ރާއްޖެ އިން އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!