ދިވެހި އަންހެނުންގެ ފޮޓޯއާއި ފޯނު ނަމްބަރު ވިއްކާ ބައެއް

އަންހެނުންގެ ފޮޓޯއާއި ފޯނު ނަންބަރު ވިއްކާ ބައެއްގެ މައްސަލަ ބަލަން ފަށައިފިއެވެ،
މިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތް ކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަމުގެ ތަފްސީލެއް ނުދެއްވައެވެ.
ޓެލެގްރާމް ގްރޫޕްތައް ހަދައިގެން އަންހެނުންގެ ފޮޓޯއާއި ފޯނު ނަންބަރު އަދި ސްނެޕްޗެޓް އައިޑީ ފަދަ ޒާތީ މައުލޫމާތު އާއްމު ކުރަމުންދާ މައްސަލަ ދުވަސް ދުވަސްކޮޅުން ފެންމަތިވެއެވެ. މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅި ނަމަވެސް މިއީ ބަލަމުންދާ ކަމަށް ވިދާޅުވި ފުރަތަމަ މައްސަލައެވެ.
މި ގޮތަށް ހިންގާ ޓެލެގްރާމް ގްރޫޕްތަކުގައި މީހުންގެ ބަރަހަނާ ފޮޓޯ ހޯދައިގެން، އެމީހުންނަށް ބްލެކްމެއިލްކޮށް ހަދައެވެ. އަދި ބައެއް ވިޔަފާރި ގްރޫޕްތައް ވެސް މިފަދަ ގްރޫޕްތަކުގައި އިޝްތިހާރު ކުރެއެވެ.