ޚަބަރު

މޯނިންގްވިއު ގައި ހިނގި އަލިފާނުގެ ހާދިސާ: ގެއްލުންތަކުގެ ޖުމްލަ 1.3 މިލިއަނަށްވުރެ މަތި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ މެއި މަހު 27 ގައި މއ. މޯނިންވިއު ގޭގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ޖުމްލަ އަގު 1.3 މިލިއަނަށް ވުރެ ބޮޑު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ އޮތޯރިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މެނޭޖަރު އުމަރު ފިކުރީ ވިދާޅުވީ މި ހާދިސާގައި ލިބުނު ގެއްލުންތައް ބެލުމަށް ހެދި އެސެސްމަންޓް ނިމި، އެހީގެ ގޮތުގައި އާއިލާތަކަށް ދޭނެ ފައިސާގެ އަދަދު ވެސް މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މޯނިންވިއުގެއާއި އެ ގެއާ އިންވެގެން ހުރި ގެއަށް ލިބުނު ބައެއް ގެއްލުންތައް ވެސް ވަނީ ބަލައިފައެވެ. އެގޮތުން އެ ގެއާ ޖެހިގެން ހުރި ގޭގެ އިންފާރަށް ލިބުނު ކުޑަ ގެއްލުމެއް ފިޔަވާ އިތުރު ކަމެއް ފާހަގަވެފައި ނުވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއްވާފައިވެއެވެ.

ލިބުނު ގެއްލުންތަކުގެ ތަފްސީލު:

- ސްޓްރަކްޗަރަށް ލިބުނު ގެއްލުން 1.03 މިލިއަން.
- ހިފައި ގެންގުޅޭ ޒާރޫރީ ސާމާނަށް ލިބުނު ގެއްލުން 235،425ރ.

މޯނިން ވިއުގައި ހިނގި އަލިފާނުގެ ހާދިސާއާއި، ގެއްލުން ލިބުނު އާއިލާތަކަށް، ގޭގެ ސްޓްރަކްޗަރަށް ލިބުނު ގެއްލުމުގެ އެހީއެއްގެ ގޮތުން 6 ލައްކަ ރުފިޔާ ދޭން ހަމަޖެހިފައިވެއެވެ. އަދި ޒަރޫރީ ހިފައި ގެންގުޅޭ ސާމާނަށް ލިބުނު ގެއްލުމަށް އެހީއެއްގެ ގޮތުން 7 ލައްކަ ރުފިޔާ އާއިލާތަކަށް ދޭން ހަމަޖެހިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!