ދުނިޔެ

ޙައްޖުވެރިންނަށް ޒަމްޒަމް ފެން ބެހުމަށް ސްމާޓް ރޮބޮޓެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޙައްޖުވެރިންނަށް ޒަމްޒަމް ފެން ބެހުމަށް ޚާއްސަ ސްމާޓް ރޮބޮޓެއް ސަޢުދީން ޢަރަބިއްޔާއިން ތަޢާރަފުކޮށްފިއެވެ.

Ads by Sosun Fihaara

ޙައްޖު މޫސުމާ ދިމާކޮށް، މުސްލިމުންގެ އެންމެ މާތް ދެ މިސްކިތްކަމަށްވާ މަސްޖިދުލް ޙަރަމާއި، މަސްޖިދުލް ނަބަވީ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައިވާ އިދާރާގެ އިސްވެރިޔާ ޝައިޚު ޢަބްދުލް ރަޙުމާން އަލްސުދައިސް ގެ އިސްނެންގެވުމުގެ މަތިން ތައާރުފްކުރި ސްމާޓް ރޮބޮޓުގެ ޒަރިއްޔާއިން މި ދެ މިސްކިތަށް ޒިޔާރަތްކުރާ ޙައްޖުވެރިންނަށް ރައްކާތެރިކަމާ އެކު ފަސޭހައިން ޒަމްޒަމް ފެން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ޙައްޖުވެރިންނަށް ޒަމްޒަމް ފެން ބެހުމަށް ޚާއްސަ ސްމާޓް ރޮބޮޓެއް ތައްޔާރުކުރެވިފައިވާއިރު ސައުދީއިން ވަނީ މާތްވެގެންވާ ކައުބަތުﷲ ގެފުޅު ސާފުކޮށް ސްޓެރެލައިޒް ކުރުމަށް 10 ސްމާޓް ރޮބޮޓް ވެސް ތަޢާރަފުކޮށްފައެވެ.

އިންސާނީ ބާރެއް ނެތި 5 ގަޑިއިރާ 8 ގަޑިއިރާ ދެމެދު އެ ރޮބޮޓް މަސައްކަތްކުރާނެއެވެ. އަދި 23.8 ލީޓަރުގެ ސްޓެރެލައިޒަރ ބަރުކުރެވޭނެ ޤާބިލުކަން އެ ރޮބޮޓަށް ލިބިފައިވެއެވެ.

ސައުދީގައި ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު ކުޑަ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދަށުން ތަޢާރަފުކުރި އެ ރޮބޮޓުތަކުގެ ސަބަބުން ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ސައުދީއަށް ޒިޔާރަތްކުރާ ޙައްޖުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދެއެވެ. އަދި ޒަމްޒަމް ފެން ހޯދުމަށް ޙައްޖުވެރިންނަށް ބޮޑެތި ކިއުތައް ހަދަން ނުޖެހި، ފަސޭއިން ފެން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!