ދުނިޔެ

ގަންގާ ކޯރުން ފޮއްޓެއްގައި އޮޔާދިޔަ ކުއްޖަކު ސަލާމަތް ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ އާބާދީގެ ބޮޑު ބަޔަކު ޤަބޫލު ކުރާ ހިންދޫ ދީނުގެ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ގަންގާ ކޯރުގައި އޮޔާ ދިޔަ ލަކުޑި ފޮއްޓެއްގެ ތެރޭގައި އޮތް ތުއްތު ކުއްޖެއް ސަލާމަތް ކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ފެނިފައި ވަނީ ގަންގާ ކޯރު ސަރަހައްދުގައި ބޯޓެއްގައި ދަތުރު ކުރި މީހަކަށެވެ. އެމީހާ ބުނި ގޮތުގައި ކުޑަކުއްޖަކު މާގަދަޔަށް ރޯ އަޑު އިވުމުން އެ ސަރަހައްދު އޭނާ ރަނގަޅަށް ބެލި ކަމަށެވެ. އަދި އެ ސަރަހައްދުގައި ދެން މަސައްކަތު ނިކުމެ އުޅުނު މީހުންނަށް ވެސް ކުއްޖާ ރޯ އަޑު އިވުނު ކަމަށާއި ނަމަވެސް އެންމެން ވެސް އަޅައި ނުލާ ދިޔައީ ކަމަށް ވެސް އެމީހާ ބުންޏެވެ.

އެ ސަރަހައްދު ބަލަމުން ދިޔަ އިރު ކޯރުގެ ވަކި ހިސާބަކުން އެ ކުއްޖާ ރޯ އަޑު އިވުމުން ބަލައިލިއިރު އޮޔާ ދަނިކޮށް ވަކަރުން ހަދައިފައިވާ ފޮއްޓެއް ފެނުނު ކަމަށާއި އޭނާ އެ ފޮށި ނަގައި ހުޅުވައިލުމާ އެކު މި ކުއްޖާ ފެނުނުކަމަށް އޭނާ ބުންޏެވެ. އޭނާ އެ ފޮށި ހުޅުވާ ވީޑިއޯ ވެސް މީސްމީޑިއާގައި ދަނީ އާންމުވަމުންނެވެ.

ފޮށިތެރޭގައި ބުދު ދީނުގެ މީހުން އަޅުކަންކުރާ ޒާތުގެ ބުދު ތަކެއްގެ ފޮޓޯތަކަކާއި ކުއްޖާގެ ހޮރޮސްކޯޕް އޮތްކަމަށް ވެއެވެ. އަދި ކުއްޖާއާ އެކު އެ ފޮށިތެރެއިން ނޯޓު ކޮޅެއް ފެނުނެވެ. އޭގައި ލިޔެފައި އޮތީ ޑޯޓާ އޮފް ގަންގާ ރިވަރ، “ގަންގާ ކޯރުގެ އަންހެން ކުއްޖާ” މިހެން ކަމަށް ބޭރުގެ މީޑިއާ ތަކުން ބުނެއެވެ.

އެ ކުއްޖާ ފެނިފައި ވަނީ އުފަންވީތާ 22 ދުވަސް ފަހުން ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. ކުއްޖާ ފެނުމާއެކު ފުލުހުންނަށް ގުޅުމުން އެމީހުން އައިސް ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ޗެކްކޮށްފައެވެ. އެ ކުއްޖާއަށް މިހާރު ވަނީ ގަންގާގެ ނަމުން ނަން ކިޔައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!