ދުނިޔެ

ފްލޯއިޑްގެ ގާތިލު 22 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ އަހަރުގެ މެއި މަހު، އެމެރިކާގެ މިނިސޯޓާގައި، އަނިޔާވެރި ގޮތަކަށް ހައްޔަރުކޮށް ، ދިން ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން މަރުވި ޖޯޖް ފްލޯއިޑްގެ ގާތިލު ޑެކެކް ޝޮވިން، 22 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

Ads by WAMCO

ފްލޯއިޑްއަށް މިނިއަޕޮލިސްގެ ކުރީގެ ޕޮލިސް އޮފިސަރު ޝޮވިން ދިން ހަމަލާތަކުގެ ވީޑިއޯއެއް އެއިރު ދައުރުވުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި، ފްލޯއިޑްއަށް އިންސާފު ހޯދައިދޭން ގޮވައިލާ މުޒާހަރާ ވެސް ކޮށްފައެވެ.

ޝޮވިންގެ މައްޗަށް ދައުވާ އުފުލައިފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ގަސްތަކާ ނުލައި މީހަކު މެރުމުގެ ތިން ދައުވާއެއްކޮށް، އެ ދައުވާތައް ވަނީ ސާބިތު ވެސް ވެފައެވެ. އަދި މިއީ ހަމުން ކަޅު މީހަކަށްވުމުން ކުރި ތަފާތުކުރުމެއް ކަމަށާއި ޖޯޖް ފްލޯއިޑްއަށް ޝޮވިން ދީފައި ވަނީ އޭނާއަށް ލިބުން ޙައްޤު އަދަބެއް ނޫން ކަމަށް ވެސް ކޯޓުުން ބުނެފައިވެއެވެ.

ޝޮވިންއަށް 22 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްޔެ އައިސްފައިވާއިރު މިއީ މިހާތަނަށް ޤާނޫނާ ޤަވާއިދާ ޚިލާފުވި ޕޮލިސް އޮފިސަރަކަށް ދިން އެންމެ ދިގު ޖަލު ހުކުމްކަން ވެސް ފާހަގަވެއެވެ.

މި މައްސަލަ ބެލި ގާޒީ ކީތު އެލިސަން ބުނީ ޝޮވިންގެ މައްޗަށް އިއްވި މި ހުކުމުން ހަމައެކަނި ލިބިގެން ދާނީ އިންސާފު ނޫން ކަމަށާއި ޒިންމާދާރުކުރުމާ އެކު އިންސާފު ދިނުން ވެސް ހިމެނޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!