ދުނިޔެ

އިސްރާއީލްގެ ލާއިންސާނީ އަސްކަރިއްޔާއިން އަނެއްކާ ވެސް ޣައްޒާއަށް ހަމަލާދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހުންނަ ހަތިޔާރު އުފައްދާ ކާރުޚާނާއަކަށް އިސްރާއީލްގެ އަސްކަރިއްޔާއިން ބޮން އަޅައިފިކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މިއީ މޭގައި ހަމަލާ ބަދަލު ކުރުންތައް ހުއްޓައިލި ފަހުން އިސްރާއީލުގެ ހައްދުފަހަނަ އަޅައިފައިވާ އިސްތިއުމާރީ ސިފައިން ޣައްޒާއަށް ހަމަލާދިން ތިންވަނަ ފަހަރެވެ،

ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ވިދާޅުވީ، ހަމަލާ އަމާޒުވެފައި ވަނީ ޓްރެއިނިން ސެންޓަރަކަަށް ކަމަށާއި ހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ.

އިސްރާއީލުގެ ސަރުކާރުގެ ތަރުޖަމާނު މީޑިއާތަކަށް ބުނެފައި ވަނީ މިއީ އާސަން ބެލޫން (ފުއްޕާ ހަމެއް ކަހަލަ އެއްޗެއްގައި ބޮމެއް ހަރުކުރުން) ފޮނުވައި ޣައްޒާއިން އިސްރާއީލަށް ދިން ހަމަލާގެ ބަދަލު ކަމަށެވެ. އަދި ގޮއްވައިލީ ހަމާސްއަށް މުހިންމު ކާރުޚާނެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އާސަން ބެލޫންއިން ދިން ހަމަލާގެ ޒިންމާ ހަމާސްއިން އުފުލައިފައެއް ނުވެއެވެ. އެހެން ނަމަވެސް އިސްރާއީލުން ބުނެފައި ވަނީ މިއީ ހަމާސްއިން ދިން ހަމަލާއެއް ކަމަށެވެ. އާއްމުކޮށް ހަމާސްއިން ދޭ ހަމަލާތަކުގެ ޒިންމާ އެޖަމާއަތުން ނަގާކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ ހަމަލައިގައި ފަލަސްތީނުގެ 256 މީހުން ޝަހީދުކޮށްލައިފައި ވެއެވެ. މީގެ ތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ.

Ads by Allied Insurance
  1. ނުލަފާ އިޒްރޭލް