ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލިސް ގޮއްވައިލާނެ ކަމަށް ބުނި މީހާ ދޫކޮށްލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިސް/ ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލިސް ގޮއްވައިލާން ޖެހޭ ކަމަށް ބުނެ ފޭސްބުކް ލައިވްއަކަށް ކޮމެންޓު ކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ފޭސްބުކް ލައިވްއަކަށް ، މަޖިލިސް ގޮއްވައިލާން ޖެހޭ ކަމަށް ބުނުމުން ހައްޔަރު ކޮށްފައި ވަނީ، ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ފަހު ދެ ފަހަރެއްގެ މަތިން ކޯޓުން ވަނީ އޭނާގެ މައްޗަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ފުލުހުން ވިދާޅުވީ، އޭނާ ބަންދުން ދޫކޮށްލައިފައި ވަނީ ތަހުގީގު ނިމިފައިވާތީ، ޕީޖީ އޮފީހާ އެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

ނިރުބަވެރި އަމަލެއް ހިންގާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނު ބުނާ ގޮތުން ކުށަކަށް ވާއިރު، މިފަދަ އިންޒާރުތަކާއި ނިރުބުވެރިކަމާ ގުޅުން ހުރި ކަންކަން ފުލުހުން ހާއްސަ ސަމާލުކަމެއްް ދީގެން ބަލައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.

އެފަދަ އަމަލެއް ހިންގައިފި މީހެއްގެ އަދަބަކީ ހަތަރު އަހަރާއި ހައަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ބަންދަަށް ދިއުން ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!