ދުނިޔެ

ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރާ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އިނގެރޭސީން ތައްޔާރުވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ލުއި ދޭން އިނގިރޭސިވިލާތުން ވިސްނަން ފަށައިފިއެވެ.

Ads by WAMCO

އިނގިރޭސިވިލާތުގެ ޑައުނިންގް ސްޓްރީޓުން ބުނެފައި ވަނީ، ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން، ކޮވިޑް ޖެހިފައިވާ މީހަކާ ގާތުން އެއްތާވި ކަމުގައި ވިޔަސް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ނިންމުމަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން މި ފަދައިން އެކަހެރި ވާން، ނުވަތަ ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް އެ ޤައުމުގެ މިނިސްޓަރުން ދަނީ މިހާރު ވެސް ވާހަކަ ދައްކަމުންނެވެ.

ކަރަންޓީނު ވުމުގެ އުސޫލާ މެދު އަދި ވަކި ގޮތެއް ނުނިންމި ކަމުގައި ވިޔަސް، އޮފިޝަލުން އިއްޔެ ބުނެފައި ވަނީ، ވެކްސިންގެ ދެ ޑޯޒް ޖަހާފައި ތިބި މީހުން ކޮވިޑް-19 އަށް ފައްސި ވީ މީހަކާ ސީދާ ދިމާވެފައި ހުރި ކަމުގައި ވިޔަސް، ޓެސްޓު ހެދުން މަޖުބޫރެއް ނޫން ކަމަށެވެ. ނަމަވެސް އެމީހަކު ބޭނުން ނަމަ ޓެސްޓު ކުރެވިދާނެ ކަމަށް ވެސް އިނގިރޭސިވިލާތުން ބުނެފައިވެއެވެ.

މިގޮތަށް ޤަވާއިދު ބަދަލު ކުރަން އުޅުމާ މެދު އެ ޤައުމުގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. މި މަހުގެ 19 ވަނަ ދުވަހަކީ އިނގިރޭސިވިލާތުގެ "ފްރީޑަމް ޑޭ" ކަމުގައިވާ އިރު، މި އުސޫލުގެ ސަބަބުން އެ ދުވަހު އެންމެން "ފްރީ" ނުވަތަ މިނިވަން ނުވާ ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!