ލުއި ޚަބަރު

މަންމަ ހޭނެތުމުން ފުލުހުންނަށް ގޮވީ އުމުރުން އެންމެ ދެ އަހަރުގެ ދަރިފުޅު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އާންމުގޮތެއްގައި އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކަށް ހަމައެކަނި ކުރެވޭނެ ކަމަކީ، ހިނގުމާއި، ފިރުކުމާއި، ރުއިމާއި، ކެއުން ފަދަ ކަންކަން ކަމަށް އަހަރުމެންނަށް ހީވެއެވެ.

Ads by STELCO

ނަމަވެސް އިންްޑިއާގެ އުއްތަރު ޕްރަދޭޝްއަށް އުފަން އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު މިދިޔަ ހޮނިހިރު ދުވަހު މިވަނީ ވަރަށް އާދަޔާ ޚިލާފު ކަމެއް ކޮށްފައެވެ.

ރޭލް ވޭއެއް ކައިރީގައި، އޭނާގެ އުމުރުން ހަ މަހުގެ ފިރިހެން ކޮއްކޮ ގޮވައިގެން އެ އަންހެން ކުއްޖާގެ މަންމަ ޚަބަރުހުސްވެފައި އޮތުމުން، އެންމެ ފުރަތަމަ ވެސް އޭނާގެ ވިސްނުމަށް އައީ މީހެއްގެ މަދަދު ހޯދުމެވެ.

ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ، އަދި ނުހިނގޭ އެ ކުއްޖާ، މަދަދު ހޯދަން ހިނގަމުން ގޮސް އާރްޕީއެފް ޖަވާން ރޭލްވޭއަށް ދިޔައެވެ. ކަމެއް ގޯސްވެގެން އުޅޭކަން އެ ތުއްތު ކުއްޖާއަށް ކިޔައިދޭން އެނގުނު ގޮތަކަށް އެ ކުއްޖާ އެތަނުގައި ތިބި ފުލުހުންނަށް ކިޔައިދިނެވެ.

ވަރަށް ގިނަ ވަގުތަށް ފަހު، ތުއްތު ކުއްޖާއަށް ވަނީ މުސީބާތަކާ ކުރިމަތިވެފައިކަމުގެ އިހުސާސްވެ، ފުލުހުން އެ ކުއްޖާއާ އެކު އެކުއްޖާގެ މަންމައާ ކޮއްކޮ އޮތް ތަނަށް ދިޔައެވެ.

އެ ފުލުހުން އަވަހަށް އެމްބިއުލޭންސަކަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ކުއްޖާގެ މަންމައަށާއި ކޮއްކޮަަށް ވަގުތުން ފަރުވާ ދިން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!