ދުނިޔެ

ކުޑަކުއްޖެއްގެ "ހެދުން މަތިން" އަތްލުމަކީ ޖިންސީ ފުރައްސާރައެއް ނޫން ކަމުގައި އިންޑިއާގެ ކޯޓަކުން ކަނޑައަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީއެންއެން: ކުޑަކުއްޖެއްގެ ހެދުން މަތިން އަތްލުމަކީ ޖިންސީ ފުރައްސާރައެއް ނޫން ކަމުގައި އިންްޑިއާގެ ކޯޓަކުން ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި އިންޑިއާގެ ކޯޓަކުން މިފަދައިން ކަނޑައެޅުމުން، އެޤައުމުގައި އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް، ކުޑަކުދިންނާއި އަންހެނުންނަށް ދޭ ޖިންސީ އަނިޔާތައް ހުއްޓާލުމަށް ގޮވާލާފައެވެ.

އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް 39 އަހަރުގެ ފިރިހެނަކު ޖިންސީ ފުރައްސާރަ ކުރިކަމަަށް ދައުވާކޮށް، ބޮމްބޭގެ ކޯޓަކުން މިދިޔަ ހަފްތާ ތެރޭގައި ބެލި މައްސަލައެއްްގައި ފަނޑިޔާރު ޕުޝްޕާ ގަނެޑިވާލާ ނިންމީ މައްސަލައިގައި ތުހުމަތުވާ ފިރިހެންމީހާގެ ކުށެއް ނެތް ކަމަށެވެ.

އެގޮތުން އެފިރިހެން މީހާ، ކުޑަ އަންހެން ކުއްޖާގެ ހެދުން ނުބާލުވާ ކަމަށާއި، އެހެންކަމުން އެއީ ޖިންސީ ފުރައްސާރައަކަށް ނުވާނެ ކަމަށް ޕުޝްޕާ ބުނެފައި ވެއެވެ.

މިމައްސަލައިގައި ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައި ވަނީ، އެފިރިހެންމީހާ އަންހެން ކުއްޖާ އޭނާގެ ގެއަށް ގެންދިޔައީ ފޭރެއް ދޭނެ ކަމަށް ބުނެ ކަމަށާއި އެގެއަށް ގެންގޮސްފައި އަންހެން ކުއްޖާގެ ނުރުހުމުގައި ޖިންސީ ގުނަވަނުގައި (ހެދުންމަތިން) އަތްލި ކަމަށެވެ. މިއީ 2016 ވަނަ އަހަރު ހުށަހެޅި މައްސަލައެއް ކަމުގައި ވެސް ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!