ޚަބަރު

އޭޕްރީލް މަހު ކޮވިޝީލްޑްގެ ޖަހައިފައިވާ މީހުންނަށް ދެވަނަ ޑޯޒް ޖެހުމަށް ހުޅުވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް، ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)އިން ހުޅުވައިލައިފިއެވެ.

Ads by MWSC

އެޗްޕީއޭއިން ވިދާޅުވީ މިދިޔަ އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ މީހުންނަށް، ދެވަނަ ޑޯޒް ޖެހުމަށް މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mvއަށް ދިއުމަށް ފަހު މީހާއާ ބެހޭ މަޢުލޫމާތު ފުރިހަމަކޮށް އެޕޮއިންޓްމަންޓް ބޭނުންވާ ތާރީޚާއި ގަޑި އިޚްތިޔާރުކުރެވޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސް.އެމް.އެސް މެދުވެރިކޮށް އެކަން އަންގާނެކަމަށާއި، ފޯނަށް ލިބޭ އެސް.އެމް.އެސް ވެކްސިން ސެންޓަރަށް ދަންކަންޖެހޭނެކަމަށް ވެސް އެ އެޖެންސީން ވިދާޅުވެއެވެ.

ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:

▪︎އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުން

▪︎ ވެކްސިން ކާރޑު ގެންދިޔުން
▪︎ ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
▪︎ ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
▪︎ ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
▪︎ ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
▪︎ ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން (ކޮންމެހެން ބޭނުންވާ މީހުންނާއެކުގައި އިތުރު ފަރާތަކަށް ދެވޭނެ)

  1. އަޑުއިވެމުންދަނީ ތިޔަ ވެކްސިންޖަހައިދެނީ ހަމައެކަނި މާލޭ މީހުންނަށޯ؟ ކޮބާ މިވަގުތު ބޭސްފަރުވާއަށް މާލެ ގޮސްތިބި މީހުންގެ ޙައްޤު. އެއީވެސް ދިވެހިރައްޔިތުން.