ޚަބަރު

މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި އީދު ނަމާދު ކުރާނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިސްލާމީ މަރުކަޒު / ފޮޓޯ: ދެން އިމޭޖްސް

މިއަހަރުގެ ޢީދު ނަމާދު ޖަމާޢަތުގައި ކުރާނެ މިސްކިތްތަކުގެ ލިސްޓެއް އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.

Ads by STELCO

ކޮވިޑް19ގެ ހާލަތާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ނުބާއްވަން ނިންމައި މިސްކިތްތަކުގައި އީދު ނަމާދު ކުރާ ގޮތަށް ހަމަ ޖައްސައިފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ގްރޭޓަރ މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ހަމަޖައްސައިފައެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ 9 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތެއް ހިމެނެއެވެ. އަދި މާލޭގެ 25 މިސްކިތެއްގެ އިތުރުން ހުޅުލޭ 2 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.

މިއަހަރުގެ ފިތުރު އީދު މާލޭގެ ކޮށްފައެއް ނުވެއެވެ. އަދި މިދިޔަ އަހަރު ވެސް ކޮވިޑް-19 ހާލަތާ ގުޅިގެން ދެ ޢީދު ނަމާދު ވެސް މާލޭ ސަރަހައްދުގައިކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮވިޑް-19 ހާލަތު މަޑުމަޑުން ރަނގަޅުވުމާ ގުޅިގެން އެޗްޕީއޭއިން ދިން ލުއިތަކާ އެކު މިއަހަރުގެ ޢީދު ނަމާދު ޖަމާޢަތުގައި ކުރުމުގެ ހުއްދަ ވަނީ ލިބިފައެވެ.

މޮނިޓަރިންގައިވާ ރަށްރަށް ނޫން އެހެން ރަށްރަށުގައި އީދު ނަމާދު ޖަމާއަތުގައި ކުރެވޭނެ ކަމަށް މިނިސްޓްރީ އިން ކުރިން ވަނީ ބުނެފައެވެ. ކޮވިޑު ނެތް ރަށްރަށުން ބޮޑު ޖަމާއަތަށް އެދެފި ނަމަ ހުއްދަ ދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަޟްޙާ ނަމާދު ކުރާއިރު ގައިދުރު ކަމާއެކުކޮށް، މިސްކިތަށްދާ އިރު މާސްކް އަޅުއްވައިގެން ދިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!